އިންތިހާބުގެ ތާރީހު ފަސް ކުރުމުން އިންތިހާބު ގައި ވާދަކުރަން އަލުން ފުރުސަތު ދިނުމަށް އެދި އަހްމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. ކޮމިޝަނުން ނިންމީ އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު ހޯދަން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހައިކޯޓަށް މައްސަލައެއް ހުށައަޅައިފި އެވެ.
ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އަހްމަދު ރަޝީދު ވަނީ 20 ވަނަ މަޖިލީސް އިންތިހާބު ގައި ވާދަ ކުރަން ފޯމް ވެސް ހުށައަޅާފައެވެ. ނަމަވެސް ކުއްލި ގޮތަކަށް އިންތިހާބުން ވަކިވަކި އެވެ. އޭރު ވަކި ސަބަބެއް ހާމައެއް ނުކުރެ އެވެ.އޭނާގެ އެ ނިންމުމާ އެކު އަހްމަދުގެ އާއިލީ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ވަނީ އެ ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު އަޒާނަށް ތާއީދު ކުރަން ވެސް ނިންމާފައެވެ.ނަަމަވެސް އިންތިހާބުގެ ތާރީހު ފަސް ކުރުމުން އިންތިހާބު ގައި ވާދަކުރަން އަލުން ފުރުސަތު ދިނުމަށް އެދި އަހްމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ. ކޮމިޝަނުން ނިންމީ އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.އަހްމަދު ރަޝީދުގެ ފަރާތުން މިހާރު ވަނީ އެެ މައްސަލަ ހައިކޯޓަށް ގެންގޮސްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓަށް މައްސަލަ ހުށައެޅީ އިންތިހާބުން އޭނާއަށް ފުރުސަތު ދިނުމަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އަހްމަދުގެ ފަރާތުން ފާހަގަ ކުރާ ނުކުތާ އަކީ އިންތިހާބުގެ ތާރީހު ފަސް ކުރުމުން އަލުން ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. ކުރީން އޭނާ ނަން ނެގީ މަޖިލީސް އިންތިހާބު ރޯދަ މަހުގެ ތެރޭގައި ބާއްވާތީ ކަމަށް މިހާރު ވިދާޅުވެ އެވެ. މި މައްސަލަ ހައިކޯޓުން އަދި ބަލައެއް ނުގަނެ އެވެ.މިއީ މަޖިލީސް އިންތިހާބާއި ގުޅިގެން މިފަދަ މައްސަލައެއް ހައިކޯޓަށް ހުށައެޅި ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އިންތިހާބުގައި އަލުން ވާދަކުރަން އަހުމަދު ބޭނުންވެއްޖެ، މައްސަލަ ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ