ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކަސްޓަމަރުން ކުރާ ވިޔަފާރިތައް ހަމަޖައްސަން ކޮންމެ މަހަކު ބޭރުގެ ވިޔަފާރިތަކަށް މަދުވެގެން 45 މިލިއަން ޑޮލަރު ފޮނުވަން ހަމަޖައްސަން ޖެހޭ ކަމަށް ބޭންކުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ބީއެމްއެލުން މިއަދު ވަނީ ދިވެހި ރުފިޔާގެ ޑެބިޓް ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް މަހަކު 500 ޑޮލަރަށް ބޮޑުކޮށްފަ އެވެ. އޭގެ އިތުރަށް:
ހަތް ސައިޓަކުން ކުރާ ވިޔަފާރިތަކުގެ %30 އާ ހަމައަށް ފީއެއް ނެގުމަށް ނިންމި
އެ ސައިޓުތަކަކީ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ
ތަފްސީލް - ބީއެމްއެލުން މިއަދު ބުނީ ފީ ނެގުމަށް ނިންމި ހަތް ސައިޓަކީ ބޭރުގެ ވިޔަފާރިތަކަށް ފޮނުވަން ޖެހޭ ފައިސާގެ ތެރެއިން އޮންލައިން ވިޔަފާރިކޮށްފައިވާ މުއާމަލާތްތަކުގެ ތިންބައިކުޅަ އެއްބައި ކަމަށެވެ. އެ ގޮތުން:
ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓްގެ ގޮތުގައި ކޮންމެ މަހަކު 45 މިލިއަން ޑޮލަރު ފޮނުވަން ޖެހޭ؛ އެއިން %75 އަކީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތައް
އޮންލައިން ވިޔަފާރިތަކުގެ ތިންބައިކުޅަ އެއްބައި ހިމެނޭ މި ހަތް ސައިޓުގެ ތެރެއިން ޗައިނާގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމް ޓީމޫއަށް އެކަނި ހަތް މިލިއަން ޑޮލަރު މަހަކު ދޫކުރަން ޖެހޭ
މިއަދު ގެނައި ބަދަލުތަކުގެ ބޭނުމަކީ މުޖުތަމައުގެ ވީހާ ވެސް ގިނަ ބަޔެއްގެ ފައިދާއާއި ހަމަހަމަކަމަށް އިސްކަން ދިނުން ކަމަށް ބީއެމްއެލުން ބުންޏެވެ.
ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭ ކަމަށް ވެސް ބޭންކުން ބުންޏެވެ. އެގޮތުން:
ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން މި ފީ ނުނަގާނެ
ރާއްޖޭން ބޭރުގައި އޭޓީއެމް އިން ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރަށް ވަނީ ކުޑަކޮށްފައި؛ އޭޓީއެމް އިން ފައިސާ ނެގުމުން 10 ޑޮލަރު ޗާޖު ކުރާނެ
ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކުރީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާ
ބީއެމްއެލް ކާޑުތަކުން ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ