ގަތަރުގެ
ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އައްޘާނީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި
ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މުއިއްޒު ނިންމެވީ
މިއަދު މެންދުރު 12:00 އިން މާދަމާ މެންދުރު 12:00 ގެ ނިޔަލަށް ދިވެހި ދިދަ
ބައިދަނޑިއަށް ތިރިކުރެއްވުމަށެވެ.
MU STORE
Enterprise Development Industrial Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
MGH Group of Companies
ރައީސް
އޮފީހުން ބުނީ މުއިއްޒު މި ނިންމެވުން ނިންމެވީ ރާއްޖެ އާއި ގަތަރާ ދެމެދު
ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު،
ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި
ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި
އެއްބާރުލެއްވުމުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ކުރީގެ އަމީރު
ރަސްމީ އިއްޒަތުގައި އިއްޔެ ފަސްދާނުލާފައިވާއިރު، އެމަނިކުފާނު އަވަހާރުވުމާ
ގުޅިގެން ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި
ބައިވެރިވެވަޑައިގަތުމަށް މުއިއްޒު ވަނީ މިއަދު ގަތަރަށް ފުރާވަޑައިގެންފަ އެވެ.
އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ހޯމަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ
މުއްދަތަށް ގަތަރުގައި ގައުމީ ހިތާމައިގެ ދުވަސްތައް ވަނީ އިއުލާންކޮށްފަ އެވެ. މި
މުއްދަތުގައި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތައް ބަންދުވާނެ
ކަމަށާއި، ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވޭނެ ކަމަށް ވެސް އެ ގައުމުން ވަނީ
ބުނެފަ އެވެ.
މިނިވަން
މުއްސަނދި ގައުމެއްގެ ގޮތުގައި ގަތަރު ތަރައްގީކުރުމުގެ މައިގަނޑު ބާނީއަކީ، 1995
އިން 2013 އަށް އެ ގައުމުގައި ވެރިކަން ކުރެއްވި ޝައިޚް ހަމަދެވެ.
ޝައިޚް
ހަމަދުގެ ޒައާމަތުގައި 2004 ވަނަ އަހަރު ގަތަރުގެ ފުރަތަމަ ދާއިމީ ގާނޫނު އަސާސީ
އެކުލަވާލައި، މުނިސިޕަލް އިންތިހާބުތައް ތައާރަފުކުރެއްވި އެވެ. އެ
އިންތިހާބުތަކުގައި ވޯޓުލުމާއި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ ފުރުސަތު
އަންހެނުންނަށް ވެސް ފުރަތަމަ ފަހަރަށް ދެއްވި އެވެ.
ގަލްފުގެ
ގައުމުތަކުގެ ރަސްކަމުގެ އުސޫލުތަކާ ޚިލާފަށް، 2013 ވަނަ އަހަރު ޝައިޚް ހަމަދު
ވަނީ އަމިއްލަފުޅަށް ވެރިކަމުން ދުރުވެވަޑައިގެން، އޭރު އުމުރުން 33 އަހަރުގެ
ދަރިކަލުން ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީއާ ވެރިކަން ހަވާލުކުރައްވާފަ އެވެ.
ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ