އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ޖުމްލަ 4،121 މީހުންނަށް ލިބިގެންވޭ ފިތުނަ އުފައްދައިގެން ކޮންގްރެސް ކޯލިޝަން ބައިބައެއް ނުކުރެވޭނެ: އަބްދުއްރަހީމް އައްޑޫ ލިންކްރޯޑާއި މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވާނީ ސިޔާސީ ކަންކ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި މިފްކޯގެ ޚާއްޞަ ފިހާރައެއް ހުޅުވުމަށް ނިންމާފައިވާކަން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި ފިހާރަ ހުޅުވި، މިފްކޯގެ ހުރިހާ އުފެއްދުންތަކެއް އެއްތަނަކުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފްކޯގެ އުފެއްދުންތައް އައްޑޫގެ އެއްފަސްވެފައިވާ ރަށްތަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސެވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެދިވަޑައިގެންނެވި އެދުމަކާ ގުޅިގެންނެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އައްޑޫ ސިޓީގެ މަސްވެރިންނަށް ތެޔޮ ހޯދުމުގައި ހުރި ދަތިތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ހިތަދޫ އައިސްޕްލާންޓާ އިންވެގެން އޮތް ބިން ކައުންސިލުން ހަމަޖައްސައިދީފިނަމަ، އެ ސަރަޙައްދުގައި އެސްޓީއޯގެ ފިއުލް ޝެޑެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ސަބަބުން އައްޑޫ ސިޓީގެ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ