ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން އދ. އަށް ވައިޓް އެލާޓް

ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފި އެވެ. 
ހަވީރު 5:00 އާ ހަމައަށް އޮތް އެ އެލާޓްގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 
މެޓުން ބުނި ގޮތުގައި ދެކުނުގައި ކަނޑުތައް މަޑުވާނެ އެވެ. އެކަމަކު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުންޏެވެ.
ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކުގައި 1-3 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވުނަސް އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން 3-6 ފުޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓުން ބުންޏެވެ. 
ހުޅަނގު މޫސުން ފެށި، ޖޫން މަހާއި ޖުލައި މަހަކީ ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ މޫސުން ގޯސް ދުވަސްވަރެވެ. 
މެޓުން އާންމުކޮށްފައިވާ ފާއިތުވި 24 ގަޑިއިރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ހދ. ކުޅުދުފުއްޓަށް 13.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މީގެ އިތުރުން ބ. ގޮއިދޫއަށް 9.2 މިލިލީޓަރު އަދި ނ. މާފަރަށް 6.3 މިލިލީޓަރުގެ ވާރޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ