ދިރާގުގެ ޑިރެކްޓަރުން ބޯޑުގައި އާންމުން ތަމްސީލުކުރާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި ދިރާގުގެ ޑިރެކްޓަރުން ބޯޑުގައި އާންމުން ތަމްސީލުކުރާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރު ގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި އެވެ.
ޕަބްލިކް ޑިރެކްޓަރުގެ މަގާމަކީ، މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެން ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކުން ހޮވޭ، އާންމު ހިއްސާދާރުން ތަމްސީލުކުރާ ފަރާތެވެ.
މި މަގާމަށް ހޮވޭ ފަރާތެއްގެ ދައުރަކީ، އެ ފަރާތެއް އިންތިހާބުކުރާ އަހަރީ އާންމު ޖަލްސާއިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ.
"ވޯޓު ދިނުމުގެ ފުރުސަތު ލިބޭނީ ޖަލްސާއަށް ހާޒިރުވާ، ނުވަތަ އޮންލައިންކޮށް ބައިވެރިވާ، ނުވަތަ ޖަލްސާގައި ހިއްސާދާރުން ތަމްސީލުކުރާ ފަރާތްތަކަށް،" ދިރާގުން ބުނެފައިވެ އެވެ.
މި މަގާމަށް ހިއްސާދާރަކު ހޮވުމުގެ އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާގަ އެވެ.
ދިރާގުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މާޗު 12، ގެ 15:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ