އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ
ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމް، ހާފިޒު އަދި ސިރާޖު ތަހުގީގު ބޭނުމަށް 30 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި އަލްފާފް އަދި އަމީން ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް މި އަހަރު މާޗް މަހުން ފެށިގެން ކުރިއަށްގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން 2017 އިން ފެށިގެން އެ ނެޓްވޯކުގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި އެ ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ބާރު އޮންނަ ފަރާތުން މީހުން ފްރޭމްކޮށް މަރާލުމުގެ ބިރު އެބައޮތް: ޒިޔާދު އައްޑޫ ޑްރަގް ނެޓްވޯކް: ހަތަރު މީހެއްގެ އެކައުންޓުން 19 މިލިއަން ރުފިޔާ ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި އައްޑޫގެ ޒުވާން މަސްވެރިންނަށް ފ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ