އޭޝިއަން ޔޫތު ގޭމްސް 2025: ހޭންޑްބޯޅަ ޓީމުގެ ދެވަނަ މެޗުގައި ބަހްރެއިނުން ރާއްޖެ ބަލިކޮށްފި

ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ހޭންޑްބޯޅަ އިވެންޓްގައި ކުޅުނު ދެވަނަ މެޗުގައި ހޯސްޓް ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދައިފިއެވެ. ބަހްރެއިންގެ އުއްމު އަލްހައްސާމް އެރީނާގައި ކުޅުނު މެޗުގައި ބަހްރެއިނުން ރާއްޖެ މައްޗަށް ކުރި ހޯދީ 74-13ގެ ސްކޯއަކުންނެވެ. ބަހްރެއިނަކީ ވެސް މުބާރާތުގެ އެންމެ ވަރުގަދަ އެއް ޓީމެވެ. އޭގެ އިތުރުން ހޯސްޓް ގައުމެވެ. ރާއްޖެއާއި ބަހްރޭނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ މި މެޗުގައި ރާއްޖޭގެ ޓީމުން ރަނގަޅަށް ކުޅެފައިވެއެވެ. އިއްޔެގެ މެޗަށްވުރެ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް، މެޗުގައި ރާއްޖެއިން ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ޚާއްސަކޮށް ދެވަނަ ހާފުގައި ޓީމުގެ އެޓޭކްތައް ގިނަކޮށް ފެނުނުއިރު، މެޗުގައި ރާއްޖޭގެ ކެޕްޓަން ލަހުފާން ޝަހީމް ވަނީ އަށް ގޯލް ޖަހައިދީފައެވެ. އޭގެ އިތުރުން ރާއްޖޭގެ ގޯލްތައް ޖެހީ އާއިލް މަޖީދާއި އިސްމާއީލްގެ އިތުރުން ޔޫސުފް މުސްތަފާ އަދި މުހައްމަދު ޔޫނުސްއެވެ. ކެޕްޓަން ޔޫސުފް މެޗުގައި ދެ ގޯލް ޖެހިއެވެ. އޭގެ އިތުރުން ރާއްޖޭގެ ކީޕަރުން ކަމަށްވާ މުހައްމަދު އަހުމަދާއި ނަބީލް އަހުމަދު ވަނީ އެކުގައި ގާތްގަނޑަކަށް ރަނގަޅު 20 ވަރަކަށް ސޭވް ކޮށްފައެވެ. ރާއްޖެއަކީ ބަހްރެއިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގެ ފިރިހެން ހޭންޑްބޯޅަ އިވެންޓްގައި ވާދަކުރާ ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ. ހޭންޑް ބޯޅަ ފިރިހެން ޓީމަށް ދެން އޮންނާނީ ޖޯޑަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ ބުރާސްފަތި ދުވަހު ރާއްޖެ ގަޑިން އިރުއޮއްސި 6:00 ޖަހާއިރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ