ރައީސް ނަޝީދާ ދެކޮޅަށް އެމްޑީޕީގެ އާއްމު މެމްބަރުން ތެދުވުމަށް ޑީއާރުޕީން ގޮވާލައިފި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ފަތުރުވެރިކަން ބޮއިކަޓް ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ދެކޮޅަށް އެމްޑީޕީގެ އާއްމު މެމްބަރުން ތެދުވުމަށް ޑީއާރުޕީން ގޮވާލައިފިއެވެ.
ޑީއާރުޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ބޮއިކަޓްކޮށް ރާއްޖޭގެ އިޤްތިޟާދު އިނދަޖައްސާލުމަށް ނަޝީދުއާއި އެމްޑީޕީގެ ލީޑަރޝިޕުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް މާބޮޑު މަސައްކަތެއް ސަރުކާރަށް ނުކުރެވުނު ނަމަވެސް ރައްޔިތުންނަށް އެކަން ކުރެވިދާނެކަމަށެވެ. އަދި އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ އެމްޑީޕީގެ އާއްމު މެމްބަރުންނަށްކަމަށް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ޤައުމުތަކުގެ އިޤްތިޟާދު ހުއްޓުވުމަކަށް ގެނެސް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ހުދުމުހުތާރު ވެރިކަން ކުރަމުން ގެންދިއުމުގެ ސަބަބުންކަމަށެވެ. ނަމަވެސް ރާއްޖޭގައި މިއޮތީ އެހާލަތު ނޫންކަމަށް މައުސޫމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ