މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން ވަގުތީ ގޮތުން ހުއްޓާލައިފި
ޕީޖީ އޮފީހުން ފޮނުވާ މައްސަލަތައް ބަލައިގަތުން ވަގުތީ ގޮތުން ކްރިމިނިލް ކޯޓުން ހުއްޓާލައިފި އެވެ.ކްރިމިނަލް ކޯޓުން ބުނީ އެ ގޮތަށް ނިންމީ ކޯޓުތަކާއިބެހޭ ގާނޫނު ތަސްދީގު ކުރުމާ ގުޅިގެން އިދާރީ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހަމައްޖައްސުމަށެވެ. އަދި ހުށަހަޅާ މައްސަލަތަކާމެދުގައި ޢަމަލުކުރަންވީ ގޮތެއް އަދި ނިންމާފައިނުވާތީ އާއި، މައްސަލަތަކާއި ގުޅިގެން އަތޮޅުތަކުން މީހުން ހާޒިރުކުރުމަށްޓަކައި ފޮނުވަންޖެހޭ ކޯޓު އަމުރުތަކާއި މެސެޖްތައް އެޑްރެސް ކުރާއިރު ރަށު ކޯޓުތަކަށް އެޑްރެސް ކުރަންޖެހޭ ގޮތެއް ޖުޑިޝަރީން ނިންމާފައިނުވާތީ ކަމަށެވެ.ކޯޓުން ބުނީ އެ މަސައްކަތްތައް ކުރުމަށްޓަކައި ކޯޓަށް ފޮނުވާ މައްސަލަތައް ކޯޓުން ވަކިއެއްޗެއް އަންގަންދެން ނުފޮނުވުމަށް މިހާރު ވަނީ ޕީޖީއަށް އަންގާފައިވާ ކަމަށެވެ.ކޯޓުތަކާއިބެހޭ ގާނޫނާއި ގުޅިގެން ނިންމަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމާއިއެކު އިދާރީގޮތުން ކޯޓު ހިންގުމުގައި ދަތިތަކެއް ދިމާވެފައިވީނަމަވެސް، މިކަންކަން ހަމަޖެހުނުހާ އަވަހަކަށް ކުރިއެކޭވެސް އެއްގޮތަށް މައްސަލަތައް ބަލައިގަނެ ކުރިއަށް ގެންދާނެކަން ކްރިމިނަލް ކޯޓުން ވަނީ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ