ހިތަދޫ ކައިރިން ފެނުނު ބޯޓުގަ ހުރި ވެއްޔަކީ ބޯޓު ބެލެންސްކުރަން އަރުވާފަހުރި ވެލިކަމަށް ބުނޭ: ފުލުހުން

ހައްދުނަމްތި ހިތަދޫ ކައިރިން މިއަދު ފެނުނު ބޯޓުގައި ހުރި ވެއްޔަކީ ބޯޓުގައި ތިބި ފަޅުވެރިން ބޯޓުގައިހުރި ބަރު ވެހިކަލްތައް ބެލޭންސް ކުރަން އަރުވާފައިވާ ވެލިތަކެއް ކަމަށާއި ނަމަވެސް މިވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ހުއްދަ ލިބިގެންކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ. "ބޯޓަށް ވަނީ ގިނަ އަދަދެއްގެ ވެލި ބަރުކޮށްފަ" 
ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 17:10 ހައިއިރު ހިތަދޫ ކައިރިން ބޮޑު ބޯޓެއް ފެނިގެން ފުލުހުންނަށާއި ސިފައިންނަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންނާއި ސިފައިން އެކުގައއި ވަނީ  އުޅަނދަށް އަރައި ޗެކްކޮށްފައެވެ. އަދި މި ބޯޓު ބެލިބެލުމުގައި އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރ އަދި އެއްވެސް ޤައުމެއްގެ ދިދައެއް ވެސް ނެތް ކަމަށާއި އެ ބޯޓަކީ ބްރިޖް ހެދި ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށެވެ. 
ފުލުހުން ބުނެފައިވަނީ މިބޯޓަކީ ހުވަދޫ އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރަމުން ދިއަ ބޯޓެއްކަމށާއި  ލާމު އަތޮޅުގައި މިބޯޓު މަޑުކުރީ ވިއްސާރަވެ ކަނޑުގަދަ ވުމުގެ ސަބަބުން ކަމަށެވެ. 
އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެފައިވަނީ މާލެ ސަރަހައްދުން ވެލިހިފައިގެން ހުވަދޫ އަތޮޅަށް ދަތުރު ކުރަމުންދާކަމަށް ބުނާ އުޅަދެއްގައި ހުރި ވެއްޔަކީ ގާނޫނާއި އެއްގޮތަށް ހުއްދަ ލިބިގެން ހޯދާފައިވާ ވެލިކަން ކަށަވަރުކުރުމަށްޓަކައި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ