އައްޑޫގެ އިހުތިސާސް އިން ސަވާހެލި ވަކިކޮށްފި

ޓޫރިޒަމްގެ ބޭނުމަށް އައްޑޫ ސިޓީގެ އިހްތިސާސުން ސަވާހެލި ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފި އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު އެގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމަށް މަތިކޮށްފައިވާ ބާރުގެ ދަށުން ކަމަށެވެ.ސަވާހެލި އޮންނަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫގެ މެދަށް ވާ ގޮތަށެވެ.ފާހަގަކޮށްލެވޭ ގޮތުގައި، ސަވާހެލި ފަތުރުވެރިންނަށް ބޭނުން ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އޮތީ 2021ގައި ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ