ކަނޑިމާގެ ކޮރަލް ރެޒިޑެންސަސް: މަތީ ފަންތީގެ ދިރިއުޅުމުގެ އާ ބާބެއް

ރާއްޖޭގެ ރަށެއްގެ އާދައިގެ ގެއެއްގެ އިހުސާސް ކުރުވާނެހެން، ފަސްތަރީގެ ރިސޯޓެއްގެ ހިދުމަތްތައް ލިބޭނެ 'ދަ ކޮރަލް ރެޒިޑެންސަސް' ދ. ކަނޑިމާ ރިސޯޓުގައި ތައާރަފުކޮށްފި އެވެ. މިއީ ދިވެހި ރަށްވެހިކަން އަލުން މާނަ ކުރެވޭނެ ޒަމާނީ ތަރައްގީ ދައްކައިދޭނެ މަޝްރޫއެކެވެ.
ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ކަނޑިމާ މޯލްޑިވްސްގައި ތަރައްގީ ކުރަމުން އަންނަ ކޮރަލް ރެސިޑެންސަސް އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މިފަދަ ކޮންސެޕްޓަކަށް ތައާރަފު ކުރި ކޮންސެޕްޓެކެވެ.
ކަނޑިމާ ރިސޯޓުގެ އުތުރުކޮޅުގައި ތަރައްގީ ކުރާ ކޮރަލް
ރެސިޑެންސަސްގައި:
މަތީ ފަންތީގެ 40 އެޕާޓުމެންޓު ހުންނާނެ
މީގެ ތެރޭގައި 2 ކޮޓަރީގެ އަދި 3 ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ
ކޮންމެ އެޕާޓްމަންޓަކުން ވެސް އިމާރާތްކުރުމުގެ ފަންނު ފެންނާނެ
 އެޕާޓުމެންޓުތައް ހަދާފައި ހުންނާނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން
ކޮންމެ އެޕާޓްމަންޓަކުން ވެސް އިންޑިއާ ކަނޑުގެ ރީތި މަންޒަރު ފެންނާނެ
މި މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ 3 ވަނަ ކުއާޓަރުގަ އެވެ. މިއީ ރާއްޖޭގެ ލަގްޒަރީ ސްޓޭންޑާޑްގެ ދިރިއުޅުމަށް އާ މާނައެއް ގެނެސްދޭނެ މަޝްރޫއަކަށް ވާނެ އެވެ.
ކޮރަލް
ރެސިޑެންސަސްގައި ހިމެނޭ ހާއްސަ ހިދުމަތްތަކާއި ވަސީލަތްތަކުގެ ތެރޭގައި:
އަމިއްލަ ޕޫލެއް
މަތީ ފަންތީގެ ރެސްޓޯރެންޓާއި ބާ
ފިޓްނަސް އަދި ރެކްރިއޭޝަން ވަސީލަތްތައް
24 ގަޑިއިރުގެ ކޮންސިއާޖު ހިދުމަތްތައް
މީގެ އިތުރުން ވެސް މި އެޕާޓުމެންޓުތަކުގެ ވެރިންނަށް ކަނޑިމާ މޯލްޑިވްސް ރިސޯޓުގެ އެހެން ވަސީލަތްތަކުން ވެސް ހިދުމަތް ހޯދޭނެ އެވެ. އޭގެ ތެރޭގައި:
އެ ރިސޯޓުގައި ހުންނަ 10 ރެސްޓޯރެންޓު އަދި ބާ
ސްޕާ
މޫދު ކުޅިވަރު
މުނިފޫހިފިލުވުމުގެ އެހެން ހަރަކާތްތައް
ކޮރަލް
ރެސިޑެންސަސްގެ އެޕާޓުމެންޓު ގަނެ މިލްކުކޮށްގެން އެ ތަނުން ލިބޭ އާމްދަނީ ލިބޭނެ މަގު ފަހި ކުރެވޭނެ އެވެ. ދިވެހިންނަށާއި ބޭރު މީހުންނަށް ވެސް މި ފުރުސަތު އޮތް އިރު، ޕަލްސް ހޮޓެލްސްގެ ރެންޓަލް ޕްރޮގްރާމުގެ ދަށުން އެޕާޓުމެންޓުތައް ކުއްޔަށް ދޫކޮށްގެން ލިބޭ ސާފު އާމްދަނީގެ %50 އެޕާޓުމެންޓު ގަންނަ ފަރާތްތަކަށް ލިބޭނެ އެވެ.
މީގެ އިތުރުން، ފުރަތަމަ 5 އަހަރު ހަރަދުތައް އުނިކުރުމަށް ފަހު ޓެކްސް ނެގުމުގެ ކުރިން އިންވެސްޓުމެންޓުގެ %6 ލިބޭނެކަން ޔަގީންކޮށްދެ އެވެ.
ކަނޑިމާ ރިސޯޓު އޮންނަނީ ދަތުރުފަތުރު ފަސޭހަ ސަރަހައްދެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ޑޮމެސްޓިކް ފްލައިޓެއްގައި 45 މިނެޓުން އެއާޕޯޓަށް ގޮސް، އެއާޕޯޓުން ރިސޯޓަށް ދާން ކުރަން ޖެހެނީ ކުރު ދަތުރެކެވެ.
ދ. އަތޮޅަކީ ކަނޑުގެ ދިރުންތައް މުއްސަނދި އަތޮޅެއްކަމުން ސްނޯކްލިން އަދި ޑައިވް ކުރަން ޝައުގުވެރިވާ މީހުންނަށް މިއީ ރަނގަޅު މަންޒިލަކަށް ވާނެ އެވެ.
މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސަގާފަތް އެއް ސަރަހައްދަކުން އެންމެ ފުރިހަމައަށް ފެންނާނެ އެއް ސަރަހައްދެވެ.
ކަނޑިމާ މޯލްޑިވްސްގެ ކޮރަލް ރެޒިޑެންސަސްއަކީ ރާއްޖޭގެ ރީތިކަމާއި މަތީ ފަންތީގެ ހިދުމަތްތައް ލިބެން ހުންނަ ތަނަކުން ލައިފްސްޓައިލް އިންވެސްޓުމެންޓަކަށް އެންމެ ފުރިހަމަ ތަނަށް ވާނެ އެވެ.
މިއީ ހަމައެކަނި ގެއެއް މިލްކު ކުރުމަށް ވުރެ އަމިއްލަ އުފަލަށާއި ހިތްހަމަޖެހުމަށް ވެސް ކުރެވޭ އިންވެސްޓުމެންޓެކެވެ. ހާއްސަކޮށް ހޮސްޕިޓަލިޓީ ދާއިރާގެ ނަމޫނާ ކުންފުންޏަކުން ކޮރަޕް ރެޒިޑެންސް ތަރައްގީކޮށް ބެލެހެއްޓުމަކީ އެ ތަނުން ލިބޭ ހިދުމަތްތަކަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކަށް ވާނެކަން ޔަގީން ކުރެވޭނެ ކަމެކެވެ.
ޕަލްސް
ހޮޓެލްސް އެންޑް ރިސޯޓްސް އަކީ މަތީ ފަންތީގެ ހޮސްޕިޓަލިޓީ ހިދުމަތްތައް
ފޯރުކޮށްދިނުމުގައި ތަޖުރިބާކާރު ކުންފުންޏެކެވެ. އެ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރޭގައި ކަނޑިމާ މޯލްޑިވްސްގެ އިތުރުން ތެރޭގައި ދަ ނޯޓިލަސް މޯލްޑިވްސް އަދި ނޯވާ މޯލްޑިވްސް ހިމެނެ އެވެ.
ޕަލްސް ހޮޓެލްސް އަކީ އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް އަބަދު ވެސް އާ ގޮތްތައް ހޯދާ ފަތުރުވެރިންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތްތައް ދިނުމުގެ އެންމެ މަތީ މިންގަނޑުތައް އަމިއްލައަށް ކަނޑައަޅަމުން އަންނަ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ