ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެޔެވެ. ފުލުހުން ހާމަކުރިގޮތުގައި އޭނާ ހައްޔަރު ކުރީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ މީހާގެ އަތުން ފައިސާތަކެއް ހޯދި ކަމަށް ތުހުމަތު ކުރާ މައްސަލައިގެ ތަހުގީގަށެވެ.
ޝަމްއާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އެ ނިންމުން އިސްތިއުނާފް ކުރުމަށް ޝަމްއާންގެ ފަރާތުން ހައި ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހުއެވެ.
ނަމަވެސް ޝަމްއާންގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށް ބަލައި އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ވަނީ ނިންމަވާފައެވެ.
ކުއްލި ގޮތަކަށް ޝަމްއާން މަގާމުން ވަކިކޮށް އިމިގްރޭޝަން ކޮންޓްރޯލަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަަސީހު އައްޔަނު ކުރައްވާފައެވެ.
ޝަމްއާން ބަންދުކުރި މައްސަލަ ހައި ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ