އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ބަންދުކުރަން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލަތަކުގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުގައި ތާވަލްކޮށްފި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި މުޒާހަރާގައި ހަމަނުޖެހުން ހިނގުމުން އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ހައިސިއްޔަތުން ހައްޔަރުކޮށްފައިވާ އެ ތިން ބޭފުޅުން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލަ އެ ތިން ބޭފުޅުންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަތަކުގެ އަޑުއެހުންތައް ހައި ކޯޓުން ކުރިން ވަނީ ނިންމާލައިފަ އެވެ.
އެހެންވެ މާދަމާ މެންދުރުފަހު 14:30 އިން ފެށިގެން ވަކިވަކިން އެ ތިން މައްސަލަ ވެސް ތާވަލްކޮށްފައިވަނީ ހުކުމް ކުރުމަށެވެ.
އެ ތިން ބޭފުޅުން ބަންދުގައި ބަހައްޓަން ނެރުނު އަމުރުތަކުގެ ސައްހަ ކަމާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމާއިރު އެ އަމުރުތަކުގެ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ރޭ ހަމަވާނެ އެވެ.
އަލީ ވަހީދާއި އިމްރާނާއި އަމީންގެ ބަންދާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ