މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން 60 އަހަރުގެ މީހަކު ވެއްޓިގެން ފަރުވާދެނީ
މާލެ ހިޔާ އެކެއްގެ ފުލެޓަކުން އުމުރުން 60 އަހަރުގެ މީހަކު މިއަދު ހެނދުނު ވެއްޓިއްޖެ އެވެ.ފުލުހުން މިއަދު ބުނީ މާލޭ ހިޔާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 6:50 ކަންހާއިރު ކަމަށެވެ.އެ ފްލެޓްގެ ފަސް ވަނަ ބުރިން ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.އެ މީހާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.އެ މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. އެ ވީޑިއޯގައި ފެންނަނީ ސްޓްރެޗާ އަށް ލައިގެން ގެންދާ ތަނެވެ. ވެއްޓުނު މީހާގެ ބޮލުގަ އާއި އަތުގައި ވެސް އެއްކޮށް އޮތީ ބެންޑޭޖު އަޅައިފަ އެވެ.ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ