އަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު %178 އިތުރުވެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެޕްރީލް 22ގެ ނިޔަލަށް ރާއްޖެއަށް 758،753 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 748،402 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ވައިގެމަގުންނެވެ. އަދި 10،351 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކަނޑުމަގުންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކްރޫޒްލައިންތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10،351 އަށް އަރާއިރު މިއީ ރާއްޖެއައި ފަތުރުވެރިންގެ %1.4 އެވެ. މިދިޔަ އަހަރުގެ މިހާތަނަށް ކްރޫޒްލައިންތަކުން ރާއްޖެ އައިސްފައިވަނީ 3753 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %178 އިތުރު އަދަދެކެވެ.
• ޗައިނާ: 111،380 ފަތުރުވެރިން
• ރަޝިއާ: 95،645 ފަތުރުވެރިން
• އިނގިރޭސިވިލާތް: 70،288 ފަތުރުވެރިން
• އިޓަލީވިލާތް: 63،144 ފަތުރުވެރިން
• ޖަރުމަނުވިލާތް: 51،113 ފަތުރުވެރިން
ރާޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މަގްބޫލް މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިންތައް އާދެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާއިއެކު ވައިގެމަގުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް ކްރޫޒްލައިންތަކުގައި އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ކްރޫޒްލައިންތަކުން ރާއްޖެއައި ފަތުރުވެރިންގެ އަދަދު %178 އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ