މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކޮށް މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ. އެއާއެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުންދިޔަ ޒަކާތު ހައުސް ވަނީ އުވިފަ އެވެ.
ޒަކާތާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ތަސްދީގުކުރީ ޑިސެމްބަރު 6، 2025 ގަ އެވެ.
އެ ބިލު ހުށަހެޅީ އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކަ އެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފެއްދީ މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ގާނޫނުގެ ދަށުންނެވެ. އެ އިދާރާއަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއް ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ ގާނޫނަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރުމެވެ.
ޒަކާތު ހައުސް ގާއިމުކޮށް، އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދައިފި ޒަކާތު ހައުސް ގާއިމުކޮށް، އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ