ޒަރިޔަންދު ޕީއެންއެފްއިން މާލޭ މޭޔަރުކަމަށް ނުކުންނަވަނީ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވާދަކުރަން ނިންމަވައި މިރޭ އިއުލާންކޮށްފި އެވެ.ޕީއެންއެފްގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަވާނެކަން އިއުލާނުކުރީ މިރޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދާ ރީސެޓް ޖަލްސާގަ އެވެ.މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މެޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ.މިހާތަނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި ޒަރިޔަންދު ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވިއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން އެ ގޮނޑި އަށް ވާދަކުރައްވަން ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މާލޭގެ މޭޔަރުގެ ޓިކެޓު ހޯއްދަވަން އެ ޕާޓީގެ ވާދަވެރި ޕްރައިމަރީ އަށް ނުކުންނަވަނީ މިހާރު ވެސް މޭޔަރު އާދަމް އާޒިމާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ