ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހިންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް: ޔާމީން ނަސްރުގެ ދުވަހަކީ އިންޑިއާގެ މަދަދުވެރިކަން ދިވެހިންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް: ޔާމީން

ނަސްރުގެ ދުވަހަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން މަދަދުވެރިކަން ދިވެހިންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަހެއް ކަމަށް، އިންޑިއާއާ ދެކޮޅަށް ވަރުގަދަ ކެމްޕެއިނެއް ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3، 1988، ގައި ތަމަޅަ ބަޔަކާއެކު ދިވެހިންތަކެއް ހަތިޔާރާއެކު ވެރި ރަށް މާލެއަށް އެރުމުން އެއިރުގެ ސަރުކާރުން ވަނީ އިންޑިއާގެ އެހީ ހޯދައިފަ އެވެ. އިންޑިއާގެ މިލިޓަރީ ފޯސްއެއް ރާއްޖެ އައިސް ރަހީނުން ސަލާމަތްކޮށް، ބާޣީން ހައްޔަރު ކުރުމަށްފަހު އަމަން ބަލަހައްޓަން އެހީތެރިވެދިނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޔާމީން ވަނި ނަސްރުގެ ދުވަހާ ގުޅުވައިގެން ހަތް ކަމެއް ފާހަގަ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އާންމުންގެ ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ އިންޑިއާގެ ވާހަކަ އެވެ.
"މިއަދަކީ ދިވެހި ގައުމަށް އަވަށްޓެރި އިންޑިޔާގެ މަދަދުވެރިކަން ދާއިމަށް ދިވެހިންނަށް ހަނދާންކޮށްދޭ ދުވަސް،" ޔާމީން ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ޔާމީން ވަނީ ނޮވެމްބަރު 3، ގެ ހަމަލާގެ ވާހަކަ ދައްކަވަމުން އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އިންޑިއާއަށް ނޭނގި ބާޣީންނަށް ރާއްޖެ ނާދެވޭނެ ކަމަށެވެ.
"އެ މީހުންނަށް ނުފެނި މިތަނަކަށް ނާދެވޭނެ. އެ މީހުންނަށް ނުފެނި ސިލޯނުގެ ސަރަހައްދުން ބޭރަކަށް ވެސް ނުނިކުމެވޭނެ. އަދި ކީއްތޯ، ސިލޯނު ސަރަހައްދުން ނިކުމެގެން 18 ގަޑިއިރު ނުވަތަ އެއަށް ވުރެ ގިނައިރު ދުއްވާފައި އައިސް ދިވެހިރާއްޖެއަށް ވަނީ. ދިވެހިރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދުނީމަ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެއާފޯސް މޮބިލައިޒްކޮށްފި. މި ހުންނަނީ އިއްތިފާގުތޯ؟ މި ހުންނަނީ އިއްތިފާގެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
މިހާރު ރައީސް މުހައްމަދު މުއިއްޒަކީ ވެސް އިންޑިއާއަށް ދެކޮޅަށް ނަފުރަތުގެ ކެމްޕެއިނެއް ކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު އިއްޔެ އިންޑިއާއަށް ޝުކުރު ދަންނަވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ