އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްތިއުފާ ދެއްވައިފި
އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެ މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ މެއި 23، 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.މިރޭ އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ.އެގޮތުން އޭނާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.ފައްޔާޒު ވިދާޅުވީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރަސްމީކޮށް އިއުލާން ނުކުރެއްވި ނަމަވެސް އެ ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުން ވެސް އެ ޕާޓީގައި ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ."މިކަން މިހެން އޮތުމުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ޕާޓީން ކުރާ ކަންކަމާ މެދު ސުވާލު އުފަައްދަ އެވެ. ރައީސް މުއިއްްޒު ހިންގަމުންދާ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރު ގިނަ މަސައްކަތްތަކެއް މި ޕާޓީއަށް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު އަޅުގަނޑަށް ފެނެ އެވެ. އަދި ޕާޓީގެ މަސައްކަތްތަކަށް އޭގެ ސަބަބުން ހިޔަނި އެޅެ އެވެ." ފައްޔާޒުގެ ފޮނުއްވި ފަސް ސަފުހާގެ ސިޓީގައި ލިއުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ