ބޮޑު ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވާލައި އިހުތިޖާޖަށް ނުކުތްތާ ފަސް ދުވަސްފަހުން ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މަސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
ޝިޔާމް ބޮޑު ކަންނެލި މަސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގަ އެވެ. އެ ބައްދަލުވުން ކުރިއަށް ދާނީ ފިޝަރީޒް މިނިސްޓްރީ ހުންނަ، ވެލާނާ ގޭގަ އެވެ.
ބޮޑު ކަންނެލި މަސްވެރިންނަށް ވައުދުވީ ކަންކަން ފުއްދައިދީފައި ނުވާތީ، އެ ކަންކަމަށް ޑިމާންޑުކޮށް މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
ކަންނެލި މަސްވެރިން ސަރުކާރަށް ކުރަމުން ދަނީ ތިން ޑިމާންޑެކެވެ. އެއީ މި ސަރުކާރުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ތިން ކަންތަކެކެވެ. އެއީ:
އެ ޑިމާންޑުތަކާއެކު ބޮޑު ކަންނެލީގެ މަސްވެރިން ކަނޑަށް ނުކުމެ، މާލެ ކައިރީގައި އިހުތިޖާޖު ކުރުމުން، މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ހަތަރު ބިދޭސީންނާއި ތިން ދިވެހީން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވެސް ހިމެނުނެވެ.
ނަމަވެސް، ފުލުހުންގެ ބަންދުގައި ހުއްޓާ ކުއްލި ގޮތަކަށް އޮޕަރޭޝަނެއް ކުރަންޖެހުމާ ގުޅިގެން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ.
އެ ދުވަހު ހައްޔަރުކުރި އަނެއް ދެ ދިވެހީން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މީހުންގެ ބަންދަށް ހުކުރު ދުވަހު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ބުދަ ދުވަހަށެވެ.
ބޮޑު ކަންނެލީގެ މަސްވެރިން ބުނަމުން އަންނަނީ އެ މީހުންނަށް ސަރުކާރުން ވެފައި ހުރި ވައުދުތައް ނުފުއްދަނީސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށެވެ. އެ އިހުތިޖާޖުގައި ކުރާ ޑިމާންޑުތަކާ ގުޅިގެން ސަރުކާރުން މިހައިތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިހުތިޖާޖުގައި ތިބޭތާ ފަސް ދުވަސްފަހުން މިނިސްޓަރު ޝިޔާމް ކަންނެލި މަސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ އިހުތިޖާޖުގައި ތިބޭތާ ފަސް ދުވަސްފަހުން މިނިސްޓަރު ޝިޔާމް ކަންނެލި މަސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ