"އަތުކުރި އޮޅާލަމާ" ކެމްޕެއިންގެ ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕެއް މިއަދު ގައުމީ ޔުނިވާސިޓިގައި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބެޗެލަރ އޮފް އާރޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުން އިސްނަގައިގެން ހިންގާ "އަތުކުރި އޮޅާލަމާ" ކެމްޕެއިންގެ ލޭގެ ގްރޫޕް ބެލުމުގެ ކޭމްޕެއް މިއަދު ގައުމީ ޔުނިވާސިޓީގައި ބާއްވަން ނިންމައިފިއެވެ. 
މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ލޭގެ ގްރޫޕް އެނގުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ލޭ ހަދިޔާކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމެމާއިއެކު ލޭ އެޕްއަށް މީހުން އިތުރުކުރުމެވެ. 
މި ކޭމްޕް ކުރިއަށްދާނީ މިއަދު (26 ނޮވެންބަރު 2025) ވަނަ ދުވަހުގެ 13:00 އިން 18:00 އަށެވެ. 
‎އެމްއެންޔޫގައި ބާއްވާ މި ކޭމްޕުގައި، ލޭގެ ގްރޫޕް ބަލާލުމުގެ ޚިދުމަތުގެ އިތުރުން ލޭ އެއެޕް ޑައުންލޯޑްކޮށްގެން އީޒެޕްއިން ޑިސްކައުން ލިބުމުގެ ފުރުސަތު ވެސް ފަހިކޮށްދެއެވެ. މި ފުރުޞަތުގެ ބޭނުން ހިފައި، ލޭގެ ގްރޫޕް ނޭނގޭ ފަރާތްތަކުން އެމްއެންޔޫއަށް ޒިޔާރަތްކޮށް، މި ޚިދުމަތް ހޯދުމަށް ކެމްޕޭންގެ އިންތިޒާމުކުރާ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
ސޯޝަލް  މީޑިއާގައި  މިކެމްޕޭން އެތަށް ބައެއްގެ ސަމާލުކަމަށް އައިސްފަވާ އިރު ކެމްޕޭންގެ  ފަރާތުން  ދަނީ  އެކި  ހަރަކާތްތައް  ހިންގަމުނެވެ. މިއަދު  ބާއްވާ  ލޭގެ  ގްރޫޕް  ބެލުމުގެ  އިވެންޓަކީ  ވެސް  އެގޮތުން  ކުރިއަށް  ގެންދާ ހަރަކާތެކެވެ. 
ކެންޕެއިންގެ ޓީމުން ބުނީ "އަތުކުރި އޮޅާލަމާ" މި ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްކަމަށާއި މިކަމުން ދޭހަކޮށްދެނީ، ލޭދިނުމަށް އެންމެ ގުޅިގެން އަތުކުރި އޮޅާލާ، އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމަށްކަމަށެވެ. މި ކެމްޕެއިންގެ މަޤުޞަދުތަކުގެތެރޭގައި ޤައުމުގައި އޮތް ޞިއްޙީ މިފަދަ ކަމެއްގައި އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ލޭ ދިނުމަށް ޞިއްޙަތު ރަނގަޅު ޖީލެއް ބިނާކުރުމަށް ހޭލުންތެރިކުރުންވެސް ހިމެނެއެވެ.
މި ކެމްޕެއިންގެ ދަށުން، އަމިއްލައަށް އެދިގެން ލޭ ދޭ މީހުންގެ ނިސްބަތް އިތުރުކުރުމަށް ޚާއްސަ  ހަރަކާތްތަކުގެތެރޭގައި، ލޭ ހަދިޔާކުރުމުގެ ބޭނުން މުޖުތަމަޢުގައި އޮތް މިންވަރު އަންގައިދިނުމާއި  މިކަމަށް މީހުން ހޭލުންތެރިކުރުމާއި އަދި ޞިއްޙީ ގޮތުން މިކަމުގައި ހުރިފައިދާތަކަށް މުޖުތަމަޢު ހޭލުންތެރިކުރުންވެސް ހިމެނެއެވެ. 
މުޖުތަމަޢުގައި ލޭ ދިނުމާއި ގުޅޭގޮތުން އޮތް ވިސްނުން ބަދަލުކޮށް، އަމިއްލައަށް އެދިގެން މިކަމަށް ވީހާވެސް ގިނަ މީހުން ނިކުތުމަކީ މި ކެމްޕެއިންގެ ޢަމާޒެވެ
މިދަރިވަރުން  އަތުކުރިއޮޅާލަމާ  ކެމްޕޭން  ކުރިއަށް  ގެންދަނީ  އެހީ  ޖަމިއްޔާ،  ލޭއެޕް، މޯލްޑިވިއަން  ބްލަޑް  ސަރވިސް  ،  އެމްއެންޔޫ  ސްޓޫޑެންޓް  ޔޫނިޔަން  އަދި ތެލެސީމިއާ  ސޮސައިޓީ  ފަދަ  އެކި  ފަރާތްތަކާއިގުޅިގެންނެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ