ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމެއް ލިޔުމުން ނަގައި ހައްލު ހޯދާނަން: ރައީސް މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 78 ޑުރަގް ބުލެޓް ފެނިފައިވޭ: ފުލުހުން އޮޕަރޭޝަން އަލިމަގު: އައްޑޫ އިން 10 މީހަކު ހައްޔަރުކޮށްފި ހުޅުމާލެ 1 އަދި 2ގެ ބައެއް މަގުތައް މަ
މަޝްހޫރު ފިލްމީ ތަރި އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.މުހައްމާއަށް ހާޓް އެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މުހައްމާގެ ގާތް މީހަކު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، ހާޓް އެޓޭކެއް ޖެހުމާ ގުޅިގެން އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.އަދި މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރުގަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މުހައްމާގެ ހާލަތު ވަރަށް ގާތުން ޑޮކްޓަރުން އަންނަނީ ބަލަމުންނެވެ.އޭނާގެ ހާލަތާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނަން އެނގޭނީ 24 ގަޑިއިރު ފަހުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާގެ ގާތް މީހަކު ބުންޏެވެ. މިވަގުތު އޭނާ އޮތީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގަ އެވެ. މުހައްމާއަކީ ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ކޮމީޑިއަނެކެވެ.މީގެ އިތުރުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.ސިޔާސީ ދާއިރާގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގައި މަސައްކަތް ކުރެއްވުމަށްފަހު މުހައްމާ މިހާރު ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ