ރަތްމަންދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

މުލަކަތޮޅު ރަތްމަންދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
ރަތްމަންދޫ އިންޖީނުގެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވަމުންދާ ރިޔާސީ ކެންޕެއިންގެ ދަތުރުފުޅުގެ ތެރެއިންނެވެ.
މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެއަކީ ބޭނުންވާ އިތުރު ޚިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް އިންޖީނުގެއެއް ކަމަށް ސަރުކާރުން ބުނެއެވެ.
Advertisement
އަދި  ރަތްމަންދޫ އައު އިންޖީނުގޭގައި 3 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ KW 480 ގެ ކަރަންޓު އުފެއްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. 
ރައީސް ޞާލިހު ގެ ރިޔާސީ ކެމްޕެއިނަށް މ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަތްމަންދޫ ރައްޔިތުންނާވެސް ބައްދަލު ކުރައްވާފައެވެ. 
މި ބައްދަލުވުމައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ މި އަހަރު ތެރޭގައި، ރަތްމަންދޫ ބަނދަރު ތަރައްގީކޮށް އެ މަސައްކަތާއިއެކު ގުރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން، ރަތްމަންދޫ ގައި މިވަގުތު ގުރޭޑް 6 އާއި ހަމައަށް ކިޔަވައި ދިން ނަމަވެސް، އެ ރަށު ރައްޔިތުން ބޭނުން ނަމަ، ސެޓްލައިޓް ސުކޫލު މެދުވެރިކޮށް ރަށުގައި ތިބެގެން ގުރޭޑް 10 އަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ