"ޤައުމީ ކުޅިވަރު ފަންޑު" ގާއިމުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ނިންމަވައިފި

"ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ.މުޢިއްޒު މިފަދައިން ނިންމަވާފައިމިވަނީ ނޮވެމްބަރ 4، 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިފަންޑް ގާއިމުކުރުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވީ، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރެއްވި މަޝްވަރާތަކުގެ އަލީގައި، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައެވެ.
Advertisement
އެއާއިއެކު، ޤައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ގެންނަވަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމާފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ