އަސްކަރީ މަތިންދާބޯޓު ދުއްވޭނެ ދިވެހި ސިފައިން މިވަގުތު ނެތް: ޑިފެންސް މިނިސްޓްރީ

އަސްކަރީ މަތިންދާބޯޓު ދުއްވޭނެ ޕައިލެޓަކު ސިފައިންގޭގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއަށް އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު ދުއްވަން މީގެ ކުރިން ތަމްރީނުުކުރި ދިވެހި ޕައިލަޓުންނަށް ނުދޭ ސަބަބު އޮޅުންފިލުވުމަށް 'މިހާރު' ނޫހުގެ ނޫސްވެރިޔާ ނާޒިމް ހަސަން ހުށަހެޅުމުން، ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައިފައެވެ.
އެކަމަކު އެ މައުލޫމާތު ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގުމުން ވެސް މައުލޫމާތު ނުދިނުމަށް ނިންމައި ޑިފެންސް މިނިސްޓްރީން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން ޑިފެންސް މިނިސްޓްރީން ވަނީ ހައިކޯޓުން މައްސަލަ ނަގައި، މައުލޫމާތު ހާމަކުރަން ނިންމައިފައެވެ. އެގޮތުން މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ނާޒިމްގެ ސުވާލުގެ ޖަވާބުގައި އެ މިނިސްޓްރީން ބުނީ:
އެހެންކަމުން ބާކީ ތިބީ ޑޯނިއާ ދުއްވުމަށް ތަމްރީނު ހެދި ދެ ސިފައިންގެ މީހަކު ކަމަށާއި، އެކަމަކު ދެ އޮފިސަރުންގެ ވެސް ރޭޓިން ހަމަވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އެކަކުގެ ރޭޓިން ހަމަވީ މާޗް 2018 ގައި ކަމަށާއި އަނެއް ސިފައިންގެ މީހާގެ ރޭޓިން ހަމަވީ މާޗް 2022 ގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އަސްކަރީ މަތިންދާބޯޓު ދުއްވުމުގެ ތަމްރީނުތައް ދިވެހި ސިފައިން ފުރިހަމަކުރަމުން ނުދާ ކަމަށާއި، އެކަމަކު ބޭރުގެ ބައެއް ފްލައިން ސްކޫލްތަކުގައި ޕައިލެޓް ތަމްރީނު ފުރިހަމަކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ