ފަރޭގެ ކެމްޕެއިން އޮފީސް ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން މިއަދު 14:55 ހާއިރު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަރޭގެ ކެމްޕެއިން އޮފީހުގައި ހުޅު ޖަހާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމު 3:53 ހާއިރު އެވެ. ސީސީޓީވީ ފްޓޭޖުން ފެންނަގޮތުގައި އެތަނުގައި އަލިފާންކޮށްލާފައިވަނީ ވިއްސާރަ ކޯޓެއް ލައިގެން ތިބި ދެ މީހުންނެވެ. އެ ވަގުތަކީ ވާރޭވެހެމުންދިޔަ ވަގުތެއްވެސްމެ އެވެ.
ތަފްސީލް އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ