ޚުޠުބާ: ކަލަކު ވޮޑިގެންވާކަމާ ހުރިހާކަމެއް ހިނގަނީ އެކަލާނގެ އިރާދަފުޅުންކަމަށް ބަޔާންކުރަން މިއަދުގެ ޚުޠުބާގައި ދެއްކެވީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ހެކިތަކެއް!

ކަލަކު ވޮޑިގެންވާކަމާ ހުރިހާކަމެއް ހިނގަނީ އެކަލާނގެ އިރާދަފުޅުންކަމަށް ބަޔާންކުރަން މިއަދުގެ ޚުޠުބާގައި ދެއްކެވީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ހެކިތަކެކެވެ. އެހެކިތަކަށް އެކަނި ވިސްނި ކަމުގައިވީނަމަވެސް މާތް ﷲ ވޮޑިގެންވާކަމާއި ހުރިހާ ކަންކަން މިންވަރުކުރައްވަވާފަރާތަކީ ﷲ ތަޢާލާކަން އެއްވެސް އުނދަގުލެއްނެތި ޤަބޫލުކުރުމަކީ ސަލާމަތް ބުއްދިއެއް ލިބިގެންވާ މީހަކަށް އެއްވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ. 
މިއަދުގެ ޚުޠުބާގައި ބަޔާންކުރައްވާފައިވާ ބައެއް ހެކިތައް: 
"ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓެއެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނުވަތަ އިޙްސާސެއް ވެސް ނުވެއެވެ. ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވެއެވެ. އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެނެއެވެ. އިޙުސާސެއް ވެސް ނުވެއެވެ. އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫނެވެ."
ވިސްނަވައިލައްވާށެވެ! ތަޖުރިބާވެސް ކޮށްލައްވާށެވެ! ޓޭންކަކަށް 1000 ބާވަތުގެ އަންހެން އަދި ފިރިހެން މަސް ލައިބަލާށެވެ. 100 އަހަރުވީނަމަވެސް އެޓޭންކުގައި ނުވާ ބާވަތެއްގެ މަހެއް އުފަންވޭތޯ ނިކަންބަލައިބަލާށެވެ! ދުނިޔެ ފެށުނީންސުރެ މިހައިތަނަށްވެސް އަންހެނުން ވިހައެވެ. ކޮންމެ އަހަރަކު އެތައް މިލިއަން ކުދިން އެބަ އުފަންވެއެވެ. އިންސާނުންގެ ސިފަ ލިބިގެން ނުވާ އެއްވެސް ކުއްޖަކު އުފަން ނުވާ ސަބަބާއިމެދުވެސް ވިސްނަވައިލައްވާށެވެ. 
މިއަދުގެ ޚުޠުބާއިން:   
ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންނެވެ. އެގޮތުން، ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރެއެވެ. އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫނެވެ. އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫނެވެ. 
ބުއްދިއަކީ ހުންނަ އެއްޗެއް ކަމަށް އެންމެން ވެސް ޤަބޫލު ކުރެއެވެ. ނަމަވެސް ބުއްދި އަކީ ފެންނަ ނުވަތަ އިޙްސާސް ވާ އެއްޗެއް ނޫނެވެ. އަދި ސިކުނޑިއެއް ވާ ކޮންމެ އެއްޗަކީ ބުއްދި ކުރެވޭ އެއްޗެއްވެސް ނޫނެވެ. ހަމައެހެންމެ، ބިމަށް ދަމާ ބާރުގެ ސަބަބުން މޭވާތައް ގަހުން ވަކިވެގެން ބިންމައްޗަށް ވެއްޓެއެވެ. ނަމަވެސް އެ ދަމާ ބާރެއް އެއްވެސް މީހަކަށް ނުފެނެއެވެ. ނުވަތަ އިޙްސާސެއް ވެސް ނުވެއެވެ. ދެ ދަގަތްފާނެއްގެ އިދިކޮޅު ދެފަރާތް ކައިރި ކޮށްލުމުން އެދޭތި ގާތްވެ ތަތްވެއެވެ. އަދި އޭގެ އެއްވައްތަރު ދެކޮޅު ކައިރިކޮށްލުމުން އެދޭތި ދުރުވެ ފޭވެއެވެ. ނަމަވެސް އެ ދަގަތްފާނުގެ ބާރެއްވެސް އަހަރެމެންނަކަށް ނުފެނެއެވެ. އިޙުސާސެއް ވެސް ނުވެއެވެ. އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ