ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާ އަށް ކުރައްްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރައްވާ، ރާއްޖެއާ އޮތް ގުޅުން ވަރުގަދަ ކުރަން މަަޝްވަރާކޮށްފިއެވެ.
ވަޒީރު އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެއެވެ.
މިއަދު ޖައިޝަންކަރުއާ ނިއުދިއްލީން ބައްދަލު ކުރެއްވުމަށްފަހު ވަޒީރު ވިދާޅުވީ، ވަޒީރު ޖައިޝަންކަރާއި ބައްދަލު ކުރެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާ ލެއްވި ކަމަށްވެސް ވިދާޅުވިއެވެ.
"މި ބައްދަލު ކުރެއްވުމުގައި، ރާއްޖެ އާއި އިންޑިއާ ދެގެއުމުގެ ދެމުގައި އޮތް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި،". ވަޒީރު ވިދާޅުވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިސްވެރިޔަކު އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަރުފުޅެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ފާއިތުވި ދުވަސްތަކުގައި ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އިންޑިއާ ރާއްޖެ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ. އަދި މި ސަރުކާރުން ޗައިނާއެކު ގާތް ގުޅުމެއް ބަދަހިކުރާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ.
އެހެންނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ހުރިހާ ގައުމުތަކާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެއްވެސް ގައުމެއް ތަފާތު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ