ކެމްޕެއިނަށް ހުޅުމާލޭގައި ހަރުކުރި ކެންވަސްތައް ނަގަން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހުޅުމާލޭގައި ހަރުކުރި ބެނާތަކާއި ޖަހާފައި ހުރި ކެންވަސްތައް ނަގަން އަންގައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، މަޖިލިސް އިންތިހާބާ ގުޅިގެން ހުރިހާ ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ ދަމައި ކެންވަސް ޖަހާފައިވާ ކަމަށެވެ.
އާންމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ ދަމައި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިޔަސް، މަގުތަކުގައި ޖަހާ ކެންވަސްއާއި ދަމާ ބެނާތަކުގެ ސަބަބުން މަގު ބޭނުންކުރާ އާންމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފްތާ ތެރޭގައި ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ