މަގުބޫލު ލިޔުންތައް ސޯލްޓްކެފޭގައި މިރުޒާޤުގެ ޚާއްސަ ރޯދަވީއްލުމެއް ބާއްވައިފި ތުނޑީ ރަމަޟާން ކަޕް: ގުރޫޕް މެޗުތައް ނިމި، ކުއާޓާ އަށް ދިއަ ޓީމުތައް ކަށަވަރުވެއްޖެ ތުނޑީ ރަމަޟާން ކަޕް: ސެމީގެ ފަހު ދެ ޖާގަ ކަންމަތި އެސްސީ އާއި ކިންގް އެސްސީ އަށް ތުނޑީ ރަމަޟ

ގުޅީފަޅުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ބައްލަބައިލައްވައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ، ގުޅީފަޅު މަޝްރޫއު ކުރިއަަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުއިއްޒު މިއަދު ކުރެއްވި ޒިޔާރަތުގައި މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގެ އަޕްޑޭޓުތައް ރައީސް މުއިއްޒުއަށް އެރުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠައާމް ކަމަށެވެ.
ގުޅީފަޅަށް ރައީސް މުއިއްޒު ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.
ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން އެކަމަށް ކަނޑައެޅި ސަރަހައްދު ހިއްކައި، ވަނީ ނިންމައިލައިފައެވެ.
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ، 2019 ވަނަ އަހަރު ހަވާލުކުރީ ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރުގެ ބިން ހިއްކާ ގޮތަށެވެ. ނަމަވެސް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، 150 ހެކްޓަރު ހިއްކާ ގޮތަށް ހަމަޖައްސަވައިފަ އެވެ. އެ ތަން ވެސް މިހާރު ވަނީ ހިއްކާ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ