"އެމްޑީޕީގެ ވެރިކަން ނިމުނީ ވައުދާ ހިލާފުވެގެން، ވޯޓު ދޭންޖެހޭ ސަބަބެއް ނެތް"

ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހި ކަމުގެ ނަމުގައި ރައްޔިތުންނަށް ހަމައަށް ގެނެސް ދިނީ އޮޅުވާލުމެއް ކަމަށެވެ. އެމްޑީޕީގެ އެ ސަރުކާރުން ރައްޔިތުންނަށް ދިން ގެދޮރުވެރިކަމެއް ނެތެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށްވި ވައުދުތަކާ ހިލާފުވެގެން ކަމަށާއި މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ އެއްވެސްވސަބަބެއް ނެތްކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގެން ހުންނެވުމަށްފަހު މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވަން ރާއްޖެ ވަޑައިގެން އެ ޕާޓީގެ ކެމްޕޭން ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު އިއުލާނުކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރު ވެސް އޮތީ އޮތްތަނުގައި ކަމަށެވެ. އޭގެ ބަދަލުގައި ދައުލަތަށްވީ އިތުރު ބުރަތަކެއް ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރު ނިމިގެންދިޔައީ އެއްވެސް ކަމަކުން މަންފާއެއް ރައްޔިތުންނަށް ނުލިބި ކަމަށާއި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީ ނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހި ކަމުގެ ނަމުގައި ރައްޔިތުންނަށް ހަމައަށް ގެނެސް ދިނީ އޮޅުވާލުމެއް ކަމަށެވެ. އެމްޑީޕީގެ އެ ސަރުކާރުން ރައްޔިތުންނަށް ދިން ގެދޮރުވެރިކަމެއް ނެތެވެ."ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ