އުތުރަށް މޫސުން ގޯސް: ދިހަ އަތޮޅަށް ހުދު ސަމާލު

ހުދު ސަމާލު ނެެރެފައި ވަނީ މެންދުރު ފަހު ދެއަކުން ފެށިގެން އިރުއޮއްސި ހަތެއް ޖަހަން ދެނެ އެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އުތުރުގެ އަތޮޅުތަކާއި މެދު އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ބުނި ގޮތުގައި އުތުރުގެ އަތޮޅުތަކާއި މެދު އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް -- ޖުމްލަ 10 އަތޮޅަށެވެ.ހުދު ސަމާލު ނެެރެފައި ވަނީ މެންދުރު ފަހު ދެއަކުން ފެށިގެން އިރުއޮއްސި ހަތެއް ޖަހަން ދެނެ އެވެ.މި ވަގުތުތަކުގައި ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.މިދިޔަ މަހުގެ 31 ވަނަ ދުވަަހު މުޅި ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ވަރަށް ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުން ވި އެވެ. މާލެ ސިޓީއާ ހުޅުމާލެ އަދި ހުޅުލެ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބުރޫއެރި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ