ގައުމީ ޝިޕިންގް ކުންފުނީގެ އެމްޑީއަކަށް އަހުމަދު ޝަރީފް

ގައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފު އައްޔަނުކޮށްފިއެވެ.
އަހުމަދު ޝަރީފަކީ ޕޮލިސް ބޯޑުގެ ރައީސެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވުމާ ހަމައަށް ހުންނެވީ ސިޓީ ކައުންސިލްގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މަގާމުގައެވެ.
މީގެ ތިން އަހަރު ކުރިން 2020 ގައި އުފެއްދި ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ އެމްޑީ އަކީ، އެސްޓީއޯގެ އެމްޑީއަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ސައީދެ އެވެ. އޭނާއަށް ފަހު ޝިޕިން ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސީ ކެޕްޓަން މުހައްމަދު ނާޒިމެވެ.
އަބްދުﷲ ސައީދުއާއި ނާޒިމަކީ މެރިޓައިމް ދާއިރާގައި ގިނަ ދުވަސްތަކެއްގައި ހިދުމަތްކޮށް، ތަޖުރިބާ ހޯއްދަވާފައިވާ ދެ ބޭފުޅުންނެވެ.
ނަމަވެސް މި ސަރުކާރުން ޝިޕިން ކުންފުންޏަށް އައްޔަން ކުރެއްވި އަހުމަދު ޝަރީފަކީ އެ ދާއިރާގައި ކުރިން އުޅުއްވި ބޭފުޅެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ