އިސްލާމީ މަރުކަޒުން ކޮންމެ ހުކުރު ދުވަހަކުވެސް ހުކުރު ނަމާދު ވަގުތުން ވީޓީވީން ލައިވް ކުރުމަށް ނިންމަވާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ވީޓީވީގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ކޯލިޝަނުގެ ދީނީ ސިޔާސަތު އިފްތިތާހް ކުރުމަށް މިރޭ ބޭއްވި ޖަލްސާގައެވެ.
ގާސިމް މިހެން ވިދާޅުވެފައި މިވަނީ މާލޭގެ އެހެނިހެން މިސްކިތްތަކުން ހުކުރު ހުތުބާ ވަގުތުން ގެނެސްދިނުމަށް ޓީވީއެމުން ފެށި ފެށުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރ ޓީވީއެމްގެ ސިޔާސަތަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. ޝަހީމް ވިދާޅުވެފައިވަނީ ޓީވީއެމްގެ އެނިންމުމަކީ ބަލައި ގަނެވެނެ ނިންމުމެއް ނޫން ކަމުގައެވެ.
އަދި ޓީވީއެމްއިން އެގޮތަށް އެކަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގައި ބޮޑެތި އިލްމުވެރިނ ހުކުރުކުރައްވާތީ އެ އިލްމުވެރިން ހުކުރުކުރައްވާ މަންޒަރު ނުދެއްކުމަށް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެއެވެ.
އަނެއް ކޮޅުން ޓީވީއެމް ހިންގާ އެމްބީސީން ބުނެފައިވަނީ އެކުންފުނީގެ ސިޔާސަތަށް ގެނެވުނު ބަދަލަކުން މާލެއާއި ރާއްޖެތެރޭގެ އެހެން މިސްކިތްތަކުން ހުކުރު ލައިވް ކުރަން ފެށީކަމުގައެވެ. އަދި އެނިންމުމަކީ އިސްލާމީ މަރުކަޒުން ހުކުރު ލައި ނުކުރެވޭނެ ނިންމުމެއް ނޫންކަމަށާއި އިސްލާމީ މަރުކަޒުން ހުކުރު ލައިވްކުރަން ކަނޑައެޅޭ ދުވަހު މަރުކަޒުން ހުކުރު ލައިވް ކުރާނެކަމަށްވެސް އެމްބީސީން ބުނެއެވެ.
މަރުކަޒުގެ ހުކުރު ވީޓީވީން ލައިވް ކުރުމަށް ގާސިމް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ