ނައިފަރު ދާއިރާގެ މެންބަރު ނައިފަރުގައި ޤުރުއާން މުބާރާތެއް ބާއްވަނީ

ފާދިއްޕޮޅު ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު ޝިޔާމް އޭނާގެ މަންމަ އަލްމަރްޙޫމާ ފާޠިމަތު ޙަސަންފުޅުގެ ހަނދާނުގައި ބާއްވާ ޤުރުއާން މުބާރާތެއް ނައިފަރުގައި ފަށައިފި އެވެ.
އިއްޔެ ފެށި މިމުބާރާތް ފެށުމުގެ ރަޝްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޅ. އަތޮޅު ޖުޑިޝަލް ދާއިރަގެ އިސް މެޖިސްޓްރޭޓް ފަޟީލަތުއްޝައިޙް މުޙައްމަދު މޫސާ އެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިސް މެޖިސްޓްރޭޓް ފަޟީލަތުއްޝައިޙް މުޙައްމަދު މޫސާ   ދެއްކެވި ވާހަކަފުޅުގައި މިކަމަކީ ނައިފަރުގެ ދަރިންނަށް ލިބިގެންދާ އަގުބޮޑު ފުރުޞަތެއްކަމާއި އަދި މިފަދަ މަތިވެރި މަސައްކަތްތައް މަޖިލިސް މެމްބަރުންގެ ފަރާތުން ފެންނަނީ ވަރަށް މަދުންކަމާއި ، ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމް ދައުރުގެ ޅަފަތުގައި މިފަދަ މާތް މަސައްކަތެއް ކުރައްވާ ކަމަށްތަކައި ވަރަށް އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށް ވިދާޅުވި އެވެ.
އަދި  މި މަސައްކަތް ސިލްސިލާވެގެން ގޮސް މުސްތަޤްބަލަށް ދެމިގެން ދިއުމަކީ ރަށަށް ވެސް ލިބިގެން ދަނެ ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޤުރުއާން ކިޔެވުމުގެ މުޙިންމުކަމާއި ޤުރުއާން ކިޔެވުމުން ލިބޭ ފައިދާގެ މައްޗަށް އަލިއަޅުވައިލާ އިސް މެޖިސްޓްރޭޓް ފަޟީލަތުއްޝައިޙް މުޙައްމަދު މޫސާ ވާހަކަފުޅު ދެއްކެވިއެވެ.
މި މުބާރާތަކީ ނައިފަރު ދާއިރާގެ މެމްބަރ އަހްމަދު ޝިޔާމްގެ މަންމަގެ ހަނދާނުގައި އަހްމަދު ޝިޔާމް ބައްވާ އަދި ސިލްސިލާގޮތެއްގައި ކޮންމެ އަހަރަކުވެސް ބާއްވަން ގަސްތުކޮށްގެން ބޭއްވުނު 1 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ 148 ކުދިން ބައިވެރިވެފައިވާއިރު މި މުބަރަތުގެ މުޤައްރަރަކީ ޤައުމީ ޤުރުއަން ކިޔެވުމުގެ މުބާރާތުގެ މުޤައްރަރު ކަމަށް މުބާރާތް އިންތިޒާމް ކުރާ ފާރާތުން ވިދާޅުވެ އެވެ. އަދި މި މުބާރާތުގައި ފަނޑިޔާރުރުކަން ކުރުމަށް ހަމަޖެހިފައިވަނީވެސް ޤައުމި ޤުރުއާން ކިޔެވުމުގެ މުބާރަތުގެ ފަނޑިޔާރުކަން ކުރުމުގެ ޤަވާޢިދާއި އެއްގޮތަށް ކަމަށް ވެސް އެފަރާތުން މައުލޫމާތު ދެއްވަ އެވެ.
މިމުބާރާތް ނިމޭނީ މާދަމާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ