2018:ބޮލީވުޑްގައި ކައިވެނިތައް ގިނަ އަހަރެއް!

މި އަހަރު ފާހަގަވެގެން ގޮސްފައިވަނީ ބޮލީވުޑް ގައި ކައިވެނިތައް ގިނަ އަހަރަކަށެވެ. އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ކައިވެނި ކުރި ތަރިންގެ އަދަދު ގިނައެވެ. 
ސޯނަމް ކަޕޫރޫ އާއި އާނަންދު އަހޫޖާ: މި ދެ ލޯބިވެރިން ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކައިވެނިކޮށްފައި ވަނީ މިއަހަރު މޭ މަހުއެވެ. މި ދެ މީހުން ކޮށްފައިވަނީ ކޮށްފައިވަނީ ޕަންޖާބީ ސަގާފަތާއި އެއްގޮތް ކައިވެންޏެކެވެ. ދެ ދުވަހަށް ދެމިގެންދިޔަ ކައިވެނީގެ ހަފްލާގައި އެމީހުން ވަނީ ބޮލީވުޑްގެ ތަރިންނަށް ހާއްސަ ކައިވެނި ހަފްލައެއް ދީފައިއެވެ. ސޯނަމް އާއި ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދު އަހޫޖާ ކައިވެނި ކޮށްފައިވަނީ ދެ އަހަރު ވަންދެން ރައްޓެހި ވެގެން އުޅުމަށް ފަހުއެވެ.
ނޭހާ ދުޕިއާ އާއި އަންގަދު ބޭދީ: މި އަހަރު އެންމެންނަށް އެންމެ ބޮޑު ސްޕްރައިޒެއް ދިނީ މި ދެ ފަންނާނުންނެވެ. މިދެ ތަރިން ކައިވެނި ކުރާ ކަން އިއުލާން ކޮށްފައިވަނީ މީސް މީޑިއާގައެވެ. ނިއު ދިއްލީގައި ބޭއްވި ދެ ޖޯޑްގެ ކައިވެނި ހަފުލާއަށް ދައުވަތު ދިނީ ގާތް ރައްޓެހިންނަށް އެކަންޏެވެ.
ރަންވީރު އާއި ދިޕިކާ: އެންމެ ގިނަ ބަޔަކު އިންތިޒާރު ކޮށްގެން ތިބި މި ދެ ލޯބިވެރިން ކައިވެނި ކުރާ ދުވަހަކަށެވެ. ހަ އަހަރުވި ލޯބީގައި މި ދެ ތަރިން ގޮށްޖަހާފައި ވަނީ ނޮވެމްބަރު މަހު އިޓަލީގައެވެ. މި ދެ ތަރިން ވަނީ ކައިވެނީ ފާހަގަކުރުމުގެ ގޮތުން ވަނީ ގިނަ ހަފްލާތަކެއް ބާއްވާފައެވެ.  
ޕްރިޔަންކާ އާއި ނިކް ޖޯނަސް: ބޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްޅާ، އޭނާ އަށް ވުރެ 10 އަހަރުން ހަގު އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކޮށްފައިވަނީ ހަމަ މި އަހަރުއެވެ. މި ދެ ތަރިން ފުރަތަމަ ބޭއްވި ކްރިސްޓިއަން ސަގާފަތުގެ ކައިވެންޏެކެވެ. އޭގެ ފަހުން ހިންދޫ ސަގާފަތުގެ ކައިވެންޏެއް ވަނީ އިންޑިއާގައި ބައްވާފައެވެ.
 
ކަޕިލް އާއި ގިއްނީ: ދަ ކަޕލް ޝަރްމާ ޝޯއިން އާއްމުންގެ ތެރެއަށް މަޝްހޫރުވި ކަޕިލް ޝަރްމާ އާއި ގިއްނީ ޗަތްރަތް ކައިވެނި ކޮށްފައިވަނީ ގިއްނީގެ އުފަން އަވަށް ޖަލަންދަރުގައެވެ. އެހަފްލާ ފަޅުފިލުވައި ދިނުމަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެފައެވެ. 
ކަޕިލް އާއި ގިއްނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗްމަހު އެވެ. މި ދެމީހުން ބައްދަލު ވެފައިވަނީ ކަޕިލް މަސައްކަތް ކުރަމުންދިޔަ ހަސްބަލިޔޭ ކިޔާ ކޮމެޑީ ޝޯއަކުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ