އަމާންތަނަކަށް ރާއްޖެ ހައްދަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރުމަށް އެމަނިކުފާނާއެކު ސާބިތުވެ ތިބޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން އެހެން ވިދާޅުވެފައިވަނީ ރާއްޖެ އަމާން ތަނަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ އިންތިހާބީ ރައީސް އިބޫ މިއަދު ކުރެއްވި ޓްވީޓާއި ގުޅިގެންނެވެ. އިބޫގެ ޓްވީޓަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު އިބޫއާއެކު ސާބިތުވެ ތިބޭނެ ކަމަށެވެ. Iraadha kurevviyyaa alhugan’dumen thibeynee manikifaanu arihugai saabithu kamaa eku.— Maumoon Abdul Gayoom (@maumoonagayoom) October 11, 2018
ވޭތުވެ ދިޔަ ތިން ދުވަހެއްގެ ތެރޭގައި ނުރައްކާތެރި ބޮޑެތި މާރާމާރީތަކެއް ހިންގާފައިވާ އިރު ރޭ ވަނީ 14 އަހަރުގެ ކުއްޖަކު މަރާވެސް ލާފައެވެ.
އަމާން ތަނަކަށް ރާއްޖެ ހަދައި މީގެ ކުރިން އެކި ގޮތްގޮތަށް މަރާލާފައިވާ މީހުންނަށް އިންސާފު ހޯދާ ދީ އެ މަރުތަކުގެ ހަގީގަތް ދެނެގަތުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް އިބޫގެ ބޮޑު އެއް ވައުދެވެ.
އަމާން ތަނަކަށް ރާއްޖެ ހަދަން ރައީސް މައުމޫން އިބޫއާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ