ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ސުޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ. ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ، ނަޝީދު ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ހިލާފަށް ހައްޔަރުކޮށް، ކ. ގިރިފުށީގައި ގެންގުޅުނު މައްސަލައިގައެވެ. ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ މާ ގިނަ ދުވަހެއް ނުވެ، މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން ފިއްލަވާފައެވެ. ނަޝީދު ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އެންމެ އަހަރެއްވެސް ޖަލުގައި ހޭދަ ނުކުރައްވާ ރާއްޖެ އިން ފިއްލަވާފައެވެ. ހުކުމް ތަންފީޒު ކުރުމުގެ ބަދަލުގައި ނަޝީދު މަސައްކަތްކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާއި ޚިލާފަށް ވައްޓާލުމަށެވެ. ޖަލު ހުކުމުން ބަރީޢަވުމުގެ ގޮތުން ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ 3 އަހަރު ވަންދެން ބޭރުގެ ގައުމުތަކުގައި އުޅުއްވުމަށްފަހު، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ވުމުން ރާއްޖެ ވަޑައިގެންފައެވެ. އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ ވޯޓު އޮޅުވާލައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ