އަތޮޅުތަކުގެ ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް އަގު ބޮޑުކުރީ ފެނަކާއިން ނޫންކަމަށާއި އެފަރާތުން ކުރަމުންދާ ކަމަކީ ސަރުކާރުގެ ޔޫތް އެންޑް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާ ނިންމުމެއް ތަންފީޒު ކުރުން ކަމަށް ފެނަކާއިން ބުނެފައިވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފި އެވެ.
މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ވިޔަފާރިވެރިންނަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އާއި ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާ ބައްދަލްކުރެއްވުމަށްފަހު ވީނިއުސްއަށް ދެއްވި ބަސްދީ ގަތުމެއްގައި އެޔޫނިއަންގެ ސެކެޓްރީ ޖެނެރަލް ސައުދުﷲ އަހުމަދު ވިދާޅުވީ، ސަރުކާރުގެ ޔޫތް އެންޑް އިކޮނޮމިކް ކައުންސިލުން ކަރަންޓް ސަބްސިޑީ ކަނޑާލާ ކަރަންޓްގެ އަގު ބޮޑުކުރުމަށް ނިންމާފައިވަތީ ފެނަކައިން އެކަން ތަންފީޒުުކުރަމުންދާ ކަމަށެވެ. އަދި މިކަމުން އެނގިގެންދަނީ ސަރުކާރުގެ ސިޔާސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ނައްތާލުން ކަމަށާއި މިކަމަށް ހައްލެއް ގެނައުމުގެ ބާރު ފެނަކަ ކޯޕަރޭޝަނަށް ލިބިފައި ނެތްކަން ވެސް ސައުދުﷲ ވިދާޅުވި އެވެ.
މިބައްދަލް ކުރެއްވުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވީ އެކުންފުނީގެ ޙިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ދެވޭނީ ޓެރިފް ރޭޓް ހަމަ އަގުގައި ކަނޑައަޅައިގެން ކަމަށްވާތީ 2009ވަނަ އަހަރު އެނަރޖީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާ ކަަމަށެވެ. އަދި ޓްރޭޑް ޔުނިއަން އިން އެނގެން ބޭނުންވީ މިސަރުކާރު އައިފަހުން ޓެރިފް ރޭޓަށް އެއްވެސް ބަދަލެއް އައިސްފައިވާތޯކަން ކަމުގައިވެސް ނިމާލް ވިދާޅުވި އެވެ.
މިބައްދަލްވުމަށްފަހު ޓްރޭޑް ޔޫނިއަންގެ ފަރާތުން މިކަންތައްތައް ވިޔަފާރިވެރިންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނިމާލް ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން، ކުޅުދުއްފުށީ އަދި އައްޑޫ ސިޓީގެ ބައެއް ވިޔަފާރިވެރިން ވަނީ މުޒާހަރާކޮށްފައެވެ
ކަރަންޓުގެ އަގު ކަނޑައަޅަނީ ފެނަކައެއް ނޫން: އެމްޓީޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ