ކަސްރަތުކުރަން ކަރަންޓު ހޮޅިދަނޑިއެއްގެ ކުރިޔަށް

މަގެއްގައި ހުރި ކަރަންޓު ހޮޅިދަނޑިއެއްގެ ކުރިޔަށްއަރާ ޗައިނާ މީހަކު ސިޓް-އަޕްސް ހަދައި ކަސްރަތު ކުރާ ތަން ފެނުމުން ގިނަ ބަޔަކު ބުނާނެ އެއްޗެއް ވެސް ނޭނގި ބަލަހައްޓައިގެން ތިއްބެވެ. އަނެއް ބަޔަކު އައި ގުޅީ ޕޮލިހަށެވެ.
ޗައިނާގެ މީޑިއާ އިން ބުނި ގޮތުގައި މިމީހާ ކަސްރަތު ކުރަން 30 ފޫޓު ދިގު މި ހޮޅިދަނޑިއަށް އެރި ސަބަބެއް ނޭނގެ އެވެ.
މި މީހާ ހޮޅިދަނޑިއަށް އަރާ ކަސްރަތުކުރަން ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ވީބޯގައި މީހަކު ޝެއާކޮށްފައި ވެއެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ގައިގެ ބޮޑުބައެއް ބޭރަށްވާ ގޮތަށް ދެ ފައި ދަމާލައިގެން އޮވެ ވަރަށް ނުރައްކާތެރި ގޮތަކަށް މި މީހާ ކަސްރަތު ކޮށްފައި ވެއެވެ.
މި މަންޒަރު ފެނުނު ގިނަ ބަޔަކު އެންމެ ބިރުގަތީ އެމީހާ ކަރަންޓުގައި ޖެހިދާނެތީ އެވެ. އަދި މިއީ އެއްގޮތަކަށް ވެސް މީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނެފައި ވެއެވެ.
އެންމެ ފަހުން އެ ސަރަހައްދަށް ކަރަންޓުދޭ ކުންފުންޏާ ގުޅައިގެން މުޅި ހިސާބުގަނޑުން ކަރަންޓު ކަނޑާލުމަށްފަހު ފުލުހުން ވަނީ އެމީހާ އެ ހޮޅިދަނޑިން ބާލައިގެން ގެންގޮއްސަ އެވެ.
ކަރަންޓު ކަނޑާލުމުން އެހިސާބުގަނޑުމީހުން ރުޅިގަދަވެ އެމީހާއަށް ވަރަށް އެތިވަރު ގޮވާފައި ވެއެވެ. އެމީހާ ހޮޅިދަނޑީން ބޭލުމުގެ ކުރިން މެޑިކަލް ޓީމަކާއި އިމަޖެންސީ ސާވިސްގެ މީހުން ވެސް އެތަނަށް ގެނަ އެވެ. އެ ހޮޅިދަނޑިން ފައިބަން އުޅެނިކޮށް އެމީހާއަށް ލިބިދާނެ ގެއްލުމަކަށްޓަކަ އެވެ.
އެމީހާ އެ ހޮޅިދަނޑިއަށް އެރި ސަބަބު ސާފުނުވާ ކަމަށާއި ކޮންމެ މީހަކު ކުރިޔަސް މިއީ ކުރާ ވަރަށް ވުރެ މާ ނުރައްކާތެރި ކަމެއް ކަމަށް ޗައިނާގެ ޕީޕަލްސް ޑެއިލީ ނޫހުން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ