އެސްޓީއޯ ބެކް ޓު ސްކޫލް ޕްރޮމޯޝަން ކުރިއަށް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން "ބެކް ޓު ސްކޫލް"ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ފަށާފައި ވަނީ މިއަދުއެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެސްޓީއޯ އިން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ޑެވޮންޑެލް ފުލް ކްރީމް 200 އެމްއެލް ޕެކެޓުގެ ކޭހެއް ގަތުމުން އިނާމެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގެ ތެރޭގައި 24 ޕެކެޓް ހިމެނޭ ކޭހެއް ޑެވޮންޑެލް ފުލް ކްރީމް ކޭހެއް ވިއްކަމުންދާނީ 170 ރުފިޔާއަށެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލު ޑޮވޮންޑޭލްއަކީ އޮސްޓްރޭލިއާގެ އުފެއްދުމެކެވެ.
އެސްޓީއޯއިން ދަނީ އެކިއެކި ދުވަސްތަކާއި ގުޅިގެން ދިވެހިންނަށް ހާއްސަކޮށް ޕްރޮމޯޝަންތައް ހިންގަމުންނެވެ. މި ޕްރޮމޯޝަންތަކުގައި ވަކިވަކި އައިޓަމްތައް އަގުހެޔޮކޮށް ވިއްކަމުން ދާއިރު، އަގުބޮޑު އިނާމްތައް ލިބޭ ޕްރޮމޯޝަންތައްވެސް ކުރިއަށް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ