އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅުނު ވާހަކަ އޭނާ ދޮގުކޮށްފި

ރޭ ޖުމްހޫރީ ޕާޓީއިން މާލޭގައި ބޭއްވި ޖަލްސާއެއް ގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ޖުމްހޫރީ ޕާޓީއާއި ގުޅިފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ޖަލްސާ ރޭ ތައާރަފު ކުރެއްވި މުހައްމަދު އިކްރާމް ދެއްކެވި ވާހަކަ އަހުމަދު ރަޝީދު ދޮގު ކުރައްވައިފި އެވެ.
އަހުމަދު ރަޝީދު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީގެ ރޭގެ ޖަލްސާގައި ގުރުއާން ކިޔަވައިދެއްވުމަށް ވަޑައިގަތީ އުމަރު ނަސީރު މެދުވެރިކޮށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެދިވަޑައިގަތުމުން ކަމަށެވެ. އަދި އެކަން އެއީ އޭނާ ޖޭޕީ އާއި ގުޅުން ކަމަށް މާނަކުރައްވައި އެހެން އިކްރާމް ވިދާޅުވުމަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ އަކީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ.
އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޖުމްހޫރީ ގުޅުމާއި ޕީޕީއެމް އާއި ޑރ. ވަހީދުގެ ކޯލިޝަނަކީ އެއްބައެއް ކަމަށާއި އެއިން ކޮންމެ ބަޔަކު ގްރުއާން ކިޔަވައި ދެއްވުމަށް އޭނާގެ އަރިހުން އެދެފި ނަމަ ވެސް އެކަމަށް ފުރަގަސް ނުދެއްވާނެ ކަމަށާއި އޭނާ އެކަން ކޮށް ފައިވަނީ ކީރިތި ގްރުއާން ކިޔެވުމަކީ އެއީ ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމުގައި ވާތީކަމަށެވެ.
މީގެއިތުރުން އަހުމަދު ރަޝީދު ވިދާޅުވީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ބައިވެރިވެވަޑައިގަތީ، ކުރިއަށް އޮތް އިންތިހާބުގައި ގާސިމަށް ތާއިދުކުރެއްވުމުގެ ގޮތުން ނޫން ކަމަށެވެ. އަދި އޭނާ ހެޔޮ ނިޔަތުގައި ކޮށްދެއްވި ކަމެއްގެ ނާޖާއީޒު ފައިދާ ނެގޭ ގޮތަށް އިކްރާމް އެ ވާހަކަ ދެއްކެވީތީ ހިތާމަ ކުރައްވާ ކަމަށެވެ.
އަހުމަދު ރަޝީދު މީގެކުރިން ވެސް ޖުމްހޫރީ ޕާޓީގެ ޖަލްސާތަކުގައި އާޢި ގައުމައިގެން ކުރިއަށް ކޯލިޝަނުން ބާއްވާ ބައެއް ހަރަކާތްތަކުގައި ވެސް ގުރުއާން ކިޔަވައިދެ އެވެ.
މިހާރު ޖުމްހޫރީ ޕާޓީގައި މަޖިލިހުގެ 4 މެންބަރުން އެބަ ތިއްބެވިއެވެ. އެއީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ފުވައްމުލަކު މެދު ދާޢިރާގެ މެންބަރު ޝިފާގު މުފީދު އަދި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ