މަޖްލީހުން ފާސްކުރާ ބަޖެޓަށް ވޯޓް ނުދޭ ބަޔަކު މެމްބަރު ކަމުގައި ތިބުމުގެ ބޭނުމެއް ނެތް – މައުރޫފް

ރައްޔިތުންގެ ލާބަޔާ މަންފާ އަށް ރައްޔިތުންގެ މަޖްލީހުން ފާސްކުރާ ބަޖެޓަށް ވޯޓް ނުދޭ މެމްބަރުން މަޖްލީހުގައި ތިބުގެ ބޭނުމެއް ނެތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެމްބައު ޢަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
ރޭ ޗެނެލް 13ގެ ނިއުސް ޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ރައްޔިތުންނަށް މަޖުލީހުން ކޮށްދޭ އެންމެ ބޮޑުކަމަކީ ދައުލަތުން އެއަހަރަކަށް ކަނޑައަޅާ ބަޖެޓް ފާސްކުރުން ކަމަށްވާއިރު، އެވަރު ކޮށްނުދެވޭ މެމްބަރަކު މަޖްލީހުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެވަރުގެ ބޭފުޅެއް ނަމަ އެހުންނެވީ ކުރި ހުވަޔާ ވެސް ޚިލާފްވެ އިސްތިޢުފާ ދެން ޖެހިވަޑާއިގަންނަވާ ހިސާބުގައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ކިތަންމެ ބޮޑު ފިއްތުންތަކެއް އެބޭފުޅުންގެ އިދިކީލަ ކަމާއި އެކު ހުއްޓަސް، ރައްޔިތުންގެ ޙައްޤުގައި މަޖްލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަމަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، މަޖްލީހުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރަށް ލިބިގެންދާނެކަމަށްވެސް މަޢުރޫފް ވިދާޅުވިއެވެ.
ތަޢްލީމަކީ ރާއްޖޭގެ މީހުން ވަރަށް ލޯބިކުރާ އެއްޗަކަށްވާއިރު، ކޮންމެ މަންމަ އަކާއި ބައްޕައަކުވެސް އެދޭނީ އެމީހުންގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތަކާއި އެކީ ރަނގަޅު ތަޢްލީމެއްވެސް ލިބިގެން ދިއުން ކަމަށް މައުރޫފު ވިދާޅުވިއެވެ.
21 ވަނަ ޤަރުނުގައި އަޅުގަޑުމެން ދިރިއުޅެމުން ދާއިރު މަތީ ތަޢްލީމާ ނުލާ ރަގަޅު ވަޒީފާއެއް ހޯދުންވެސް އުދަގޫ ވެގެން ދާނެކަމަށް އިޝާރާތް ކުރައްވަމުން މަޢުރޫފު ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމާ ޙަވާލުވެވަޑައިގެންނެވި އިރު، އެމްޑީޕީ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ގެނައި ބަދަލާއި އެކު ކަމަށް ނާޤާބިލު މިނިސްޓަރުންތަކެއް އެ ވުޒާރާއަށް އައްޔަނު ކޮށްފައިވުމުގެ ނަތީޖާއެއްގެ ގޮތުން އޭރު ތަޢްލީމީ ދާއިރާ އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
މައުރޫފު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނުގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ތަޢްލީމީ ދާއިރާ އަށް ވެފައި އެމަނިކުފާނު 2013 ގައި ވެރިކަމަށްވަޑާއިގެން، އެފުށް މިފުށަށް އޭރު ޖެހިފައި އޮތް ތަޢްލީމީ ދާއިރާ ރަގަޅު ކުރުމުގެ މަސައްކަތް ފެއްޓެވި ކަމަށެވެ. ޒުވާން ރަގަޅު ޖީލެއް ބިނާ ކުރުމަށް ހަރުދަނާ ތަޢްލީމީ ނިޒާމަކީ އެންމެ ބޭނުންތެރި އެއްކަމަށް ވާއިރު ތަޢްލީމު ނިޒާމު ނަގާ ކޮޅަށް ޖެހީ ރައީސް ޔާމީނު ކަމަށެވެ.
ރާއްޖޭގެ ތައޢްލީމީ ނިޒާމު އިހުނަށްވުރެ ބޮޑަށް ކުރިއަށް ޖެހި ކާމިޔާބު ކަމާއި އެކު ކުރިއަށް ދާކަމުގެ އެއް ހެއްކަކީ ރާއްޖޭގައި ބާއްވަމުން އަންނަ އިންޓަރނޭޝަނަލް އެގްޒަމިނޭޝަންސް ތަކުގައި ރާއްޖޭގެ ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބި ތަކާއި ބޭރު ޤައުމުތަކުގައި ވެސް ރާއްޖޭގެ ދަރިވަރުން ހޯދަމުން އަންނަ ރަންވަނަ ތަކަށް ކަމަށާއި އޭގެ އެންމެ ބޮޑު އަސްލަކީ ރައީށް ޔާމީނުގެ ވެރިކަމުގައި ޓީޗަރުންނަށް ލިބިގެންދިޔަ ކުރިއެރުންތަށް ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
ރާއްޖެ އިސްލާމްވިތާ 800 އަހަރުވެފައި ވާއިރު މިހާތަނަށް އައިއިރު، ރާޖެ ދުށް މަހާރެހެންދިންގެ ތެރެއިން، މެޑަމް ފާތުމަތު އިބްރާހިމް ރާއްޖޭގެ ރައްޔިތުންނަށްޓަކައި މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަސް ލާމަސީލު މަސައްކަތްތަކެއް ކަމަށާއި މިއީ ދިވެހިން އެމީހުންގެ ފަރސްޓް ލޭޑިއެއްގެ ފަރާތުން ދެކެން ބޭނުންވެ، އެކަމށް ކެތްމަދުވެފައި ތިބިކަމެއްކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
އެކަމަނާގެ ހިތްތިރި ކަމާއި އެކަމަނާގެ އަޅާލުމާއި އޯގާތެރިކަން ރައްޔިތުންބޭނުންވާ މިންވަރަށް ލިބިގެންދާކަމުގެ ހެއްކަކީ ، ރަށްރަށަށް އެކަމނާ ވަޑާއިގަތުމުން ހިނިތިވުންވުޟާއި ލޯތްބާއި އެކު ރައްޔިތުން ކިޔާ މަރުހަބާ އާއި، އެކަމަނާގެ ގައިގައި ބައްދާލާ، ނަގާ ސެލްފީ ތައް ކަމަށްވެސް މައުރޫފު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑެންސީ ދިނިމުން އެކަމާ އިދިކޮޅު ފަރާތްތަކުން ދައްކަމުން ދާ ވާހަކައަށް ރައްދު ދެއްވަމުން މައުރޫފް ވިދާޅުވީ، ރައީސް ޔާމީން އަށް ކެންޑިޑެންސީ ދެއްވީމާ އެކަން ފެންނައިރު، 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުންދާ، އިންތިޚާބަކަށް ކުފޫ ހަމަނުވާ މީހަކަށް އެމްޑީޕީ އިން އެމީހުންގެ ރިޔާސީ ކެނޑިޑެންސީ ދޭން ނިންމާ އެގޮނޑި އޭނާގެ ޙައްޤުގައި ހުހަށް ބައިންދައިގެން އުޅެނީ ކީއްވެތޯ އެވެ.
މައުރޫފު އިތުރަށް ވިދާޅުވި، ރައީސް ޔާމިން އާއި އެކު ކޯލިޝަންގައި ދެމިތިބީ އެއްވެސް މަޖްބޫރު ކަމެއް ނެތި ކަމަށާއި، އެމަނިކުފާނަކީ ރާއްޖޭގެ އިޤްތިޞާދަށާއި އުމްރާނީ ތަރައްޤީއަށްވެސް މިއަދު ރާއްޖޭގެ ވެރިކަމުގައި ހުރުމަށް އެންމެ ޤާބިލު ބޭފުޅާ ކަމަށް މިއަދު އެމްޑީއޭ އަށް ޤަބޫލު ކުރެވޭތީ ކަމަށެވެ.
2013 އިން ފެށިގެން ރައީސް ޔާމިނުގެ ޒަޢާމަތުގައި ދިވެހިރާއްޖެ ދެކެމުން މިއަންނަނީ ތަރުތީބު ރީތި، އަމާން އޮމާން ވެރިކަމެއްކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް އެންމެ އޯގާތެރި، އަދި ފައިދާތައް ވެސް ހޯދައިދިން ސަރުކާރު ކަންވެސް އަލީ މައުރޫފު ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ