ބޭނުން ނުވާ ހަނދާންތައް ފޮހެލާނެ ނިޒާމެއް ހޯދިއްޖެކަމަށް ސައިންސްވެރިން ބުނެފި

ބޭނުން ނުވާ ހަނދާންތައް ފޮހެލައި، މިހާރުގެ ހަނދާންތައް ބަދަލްކޮށްލައި އަދި ތަޖުރިބާކުރެވިފައި ނުވާ މުޅިން އާ ހަނދާންތަކެއް ސިކުނޑީގައި ރައްކާކުރެވޭނެ ގޮތްތަކެއް ހޯދިއްޖެކަމަށް އެމެރިކާގެ ޕީބީއެސް އިން ތައްޔާރުކުރި ޑޮކިއުމެންޓްރީއެއްގައި ސައިންވެރިން ބުނެފިއެވެ.
މިހާތަނަށް ލޭޒާ ބޭނުންކޮށްގެން ހިކަންޖެއްގެ ހަނދާންތައް ބަދަލުކޮށްލެވިފައިވާކަމަށް މިޑޮކިއުމެންޓްރީގައި ސައިންސްވެރިންވަނީ ބުނެފައެވެ. އަދި މި ޑޮކިއުމެންޓްރީގައި ބައިވެރިވި ސައިންސްވެރިއަކު އީޖާދުކުރި ސިސްޓަމެއްގެ އެހީގައި ތިންމީހެއްގެ ސިކުނޑިއަށް ހަނދާންތަކެއް އިތުރުކޮށް އެމީހުން ކުއްތަކެއް ކޮށްފައިވާކަމަށް އެމީހުންނަށް ގަބޫލުކޮށްދެވިފައިވާކަމަށްވެސް ސައިންވެރިންވަނީ ބުނެފައެވެ. މި ޑޮކިއުމެންޓްރީގައި ޕެޓް ސްކޭންސް، ޓީއެމްއެސް، އެފްއެމްއާރއައި، އަދި ބޭސް ބޭނުންކޮށްގެން ހަނދާނާއި ގުޅިފައިވާ ބައެއް ނަފްސާނީބަލިތަކަށް ފަރުވާކުރެވޭނެކަމަށްވެސް ސައިންވެރިންވަނީ ބުނެފައެވެ.
މި ޑޮކިއުމެންޓްރީގައި ބައިވެރިވި ސައިންސްވެރިން ބުނެފައިވަނީ މީގެ ކުރިން ހީވެފައި އޮތީ ސިކުނޑިއަކީ ހަމައެކަނި ހަނދާންތައް ރައްކާކޮށް އެ ހަނދާންތައް އާކޮށްދޭ އެއްޗެއްގެ ގޮތުގައިކަމަށާއި އެހެންނަމަވެސް މިހާރު ކުރެވެމުންދާ ދިރާސާތަކުން ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާނަތައް ބަދަލުކޮށްލެވިިދާނެކަމަށް ހޯދިފައިވާކަމަށެވެ. އަދި މިކަން އެސިކުނޑީގެ ވެރިފަރާތުގެ އިތުރުން އެހެން މީހަކަށްވެސް ކުރެވިދާނެކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި ހަނދާންތަކައި ކުޅެލެވޭނެ ފުރިހަމަ ނިޒާމެއް ތައްޔާރުކުރެވެމުންދާކަމަށްވެސް މި ޑޮކިއުމެންޓްރީގައި ސައިންސްވެރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ