އަމީރު އަހުމަދު ހިންގުމުގެ ހުއްދަ ހޯދަށް ބިލަބޮންގް ހިންގާ ކުންފުނީގެ ވެރިޔާ ކޯޓަށް

ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލް ހިންގަމުން ގެންދާ އައިލެންޑާސް މޯލްޑިވްސް ގްރޫޕްގެ ޗެއަރ މަންއަށް އަމީރު އަހުމަދު ސްކޫލް ހިންގުމުގެ ހުއްދަ ނުދިނުމުން މައްސަލަ ވައްދައިފިއެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އަމީރު އަހުމަދު ހިންގަން އައިލެންޑާސްގެ ޗެއަރމަން އަބްދުއްރަޝީދާއި މާލޭ ސިޓީ ކައުންސިލުންހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަބްދުއްރަޝީދު އެސްކޫލް ހިންގުމަށް ހޯދާފައިވަނީ ބިޑުކޮށްގެންނެވެ. އަބްދުއްރަޝީދަށް އަމީރު އަހުމަދު ދީފައިވަނީ 25 އަހަރަށެވެ. ނަމަވެސް އެސްކޫލް ހިންގުމަށް ސަރުކާރުން މިހާތަނަށް އެކުންފުންޏަށް ހުއްދަ ދީފައެއް ނުވެއެވެ.
އައިލެންޑާސްގެ ޗެއަރމަން އަބްދުރަޝީ އަމީރު އަހުމަދު ހިންގަން ނިންމާފައިވަނީ އޭޝިއަން އިންޑިޕެންޑެންޓް ސްކޫލު (އޭއައިއެސް)ގެ ނަމުގަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސްކޫލް މަތީފެންވަރަކަށް ހިންގުމަށް ސްކޫލަށްވަނީ ބޮޑެތި ބަދަލުތަކެއް މިހާރު ގެނެސްފައެވެ. އަދި އެ ސްކޫލްގައި ކިޔެވުމަށް 864 ދަރިވަރަކުވަނީ ރަޖިސްޓްރީވެސް ކުރެވިފައެވެ.
އަބްދުއްރަޝީދުގެ އައިލެންޑާސް ގުރޫޕުން ބިލަބޮންގް އިންޓަނޭޝަނަލްގެ އިތުރުން ކެންގަރޫ ކިޑްސް މާލެއާއި ކެންގަރޫ ކިޑްސް އެވިންސްއައި ވަލްބޭ އިންސްޓިޓިއުޓާއި ސެން ސްކޫލްވެސް ގެންދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ