ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތުގެ 1ވަނަ ދަރިވަރަށް އުމްރާ ދަތުރެއް

ފައިސަލް ފައުންޑޭޝަންގެ ފަރާތުން ކާށީދޫ ދާއިރާގެ ދެރަށް ކަމުގައިވާ ކާށީދޫ އަދި ގާފަރުގައި ކުރިޔަށް ގެންދިޔަ ޝަހީދު އާދަމް ހަލީމް ގުރުއާން މުބާރާތް 2017 ނިމި ބައިވެރިންނަށް އިނާމާއި ހަނދާނީ ލިޔުންދީފި އެވެ.
ޝަހީދް އާދަމް ހަލީމްގެ ހަނދާނުގައި ކާށިދޫ ދާއިރާގެ، ގާފަރާއި ކާށިދޫގައި ކުރިއަށްގެންދިއަ މި މުބާރާތުން މިއަހަރު މުޅި މުބާރާތުން 1 ވަނަ، ހޯދީ ކ.ގާފަރު ވޭވުސް އާމިނަތު ނުއާޝާ އެވެ. މުބާރާތުން އެއްވަނަ ހޯދުމާއި ގުޅިގެން، ފައިސަލް ފައިސަލް ފައުންޑޭޝަން އިންދެއްވާ އުމްރާ ދަތުރާއި އަދި ޓްރޮފީ އާއި ސަރޓިފިކޭޓް ނުއާސާ އާއި ހަވާލުކޮށްދެއްވީ މި މުބާރާތުގެ ޝަރަފްވެރި މެހެމާން ކުރީގެ ވަޒީރު މުހައްމަދު މުސްތަފާ ހުސައިން އެވެ.
މުޅި މުބާރާތުން 2 ވަނައަށް ހޮވުނީ، ކާށިދޫ ފާގަތިޝެޒާ ސާޖިދު ސަމީރު އެވެ.ދެވަނައަށް ހޮވުނު ދަރިވަރަށް ފައިސަލް ފައިސަލް ފައުންޑޭޝަން އިންދޭ ޓްރޮފީ އާއި ސަރޓިފިކޭޓް އަދި ދަމާސް ފަރުނީޗާރ ގެ ފަރާތުން ދެއްވާ ބެޑްރޫމްސެޓް ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރަށް މި މުބާރާތުން 3 ވަނަ އަށް ހޮވުނު، ކ.ގާފަރު ރަތްބަގީޗާގެ އައިސަތު ސަހްފާއަށވެސް، ފައިސަލް ފައިސަލް ފައުންޑޭޝަން އިންދޭ ޓްރޮފީ އާއި ސަރޓިފިކޭޓް އަދި ސްޓެޓިކް ކޮމްޕެނީގެ ފަރާތުން ދެއްވާ 1200 ބީޓީޔޫ ގެ އޭއަރ ކޮންޑިޝަނެއް ވަނީ ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ