މަޖިލީހުގެ ރައީސަކަށް ގާސިމް އައްޔަން ކުރަން ބޭނުން:ރިޔާޒު

ރައްޔިތުންގެ މަޖިލީހަށް އާ ރައީސެއް އައްޔަން ކުރާއިރު އެ މަގާމަށް އައްޔަން ކުރަން ޖުމްހޫރީ ޕާޓީން ބޭނުން ވަނީ އެ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ
މަސީޙު ވަކިކުރުމަށް ފަހު ދެން މަޖިލީހުގެ ރައީސަކަށް ގާސިމް އިބްރާހިމްގެ ނަންފުޅު ކަނޑައަޅާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު ރިޔާޒު ވިދާޅުވީ ގާސިމަށް އެ ފުރުސަތު ލިބިެއްޖެ ނަމަ ޖުމްހޫރީ ޕާޓީ ވަރަށް އުފާވާނެ ކަމަށެވެ. އަދި ގާސިމް އިބްރާހީމްއަށް އެ ފުރުސަތު ހޯދައި ދިނުމަށް ޓަކައި ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް އެކަމަށް ތާއީދުކުރާކަމަށް ރިޔާޒު ވިދާޅުވިއެވެ
މީގެ އިތުރުން ރިޔާޒު ވިދާޅުވީ މިއަދު ހަވީރު ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމެއް އެބައޮތް ކަމަށާއި އެ ބައްދަލުވުމުގައި މަޖިލީހަށް ރައީސެއް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިގެންދާނެ ކަމަށެވެ
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވަނީ މިއަދު ހުށަހަޅާފައެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ