ގަދަބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝެއިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން އަނިޔާވެރިކަމާއި ޚިޔާނާތާއި އަޅުވެތިކަމާއި ދެކޮޅަށް ވަރަށް ސާފުކޮށް ނޫނެކޭ ބުނެފައިވަނިކޮށް ގަދަބާރުން ނުފޫޒުގެ ބޭނުންކޮށްގެން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެކަން ކަށަވަރު ކަމަށެވެ.
ޝެއިހް އިލްޔާސް މިހެން ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ރިޔާސީ އިންތިހާބު ބާތިލު ކަމަށް ކަނޑައަޅާ އިދިކޮޅު ޕާޓީއިން މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ. އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ރިޔާސީ އިންތިހާބު ބާތިލްކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި ފަށާނީ މިއަދު މެންދުރު 13:00 ގައެވެ.
މި މައްސަލައިގައި ރައީސް ޔާމީން އެދިވަޑައިގެންފައި ވަނީ ދުސްތޫރީ އުސޫލުތަކާ ހިލާފަށް އިންތިހާބުގެ ތެރޭގައި ކަންތައްތަކެއް ހިންގާފައި ވާތީ ރިޔާސީ އިންތިހާބު ބާތިލްކޮށް ދިނުމަށެވެ.
ގަދަބާރުން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަންނަތަން ބަލަން ރައްޔިތުން ނުތިބޭނެ - ޝެއިހް އިލްޔާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ